ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތައް ކުއްޔަށްދޭނަމަ އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.

އެ ފްލެޓްތައް ހަވާލުކޮށް ނުނިމެނީސް ތިން ކޮޓަރީގެ ފްލެޓެއް ކުއްޔަށް ދޫކުރުމަށް އައިބޭގައި ވަނީ އިއުލާންކޮށްފައެވެ.

މިކަމާ ގުޅިގެން ހަމްދާން އެކްސްގައި ވިދާޅުވީ އެ ފްލެޓްތައް ކުއްޔަށް ދިނުމަކީ އެއްބަސްވުމާ ޚިލާފު ކަމެއް ކަމަށެވެ. އެހެންކަމުން ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް ފްލެޓް އަތުލާނެ ކަމަށް ހަމްދާން ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު
އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން ދޫކުރަމުންދާ މި ފްލެޓްތަކަކީ ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އިސްކަން ދީގެން ދޫކުރާ ފްލެޓްތަކެއް. އެއްބަސްވުމާ ޚިލާފަށް ފުލެޓު ކުއްޔަށް ދޭ ނަމަ، ފްލެޓު ކުއްޔަށް ދޭ ފަރާތްތައް ހޯދާ އެއްބަސްވުމުގައި ވާ …

ޖުމްލަ 25،000 ރުފިޔާއަށް ތިން ކޮޓަރީގެ ފްލެޓެއް ކުއްޔަށްދޭން އިއުލާންކުރިއިރު، އެތަނުގެ ކުލީގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައި ވަނީ 11،500 ރުފިޔާ އެވެ. އެހެންކަމުން އިއުލާންކޮށްފައި މިވަނީ ކުއްޔަށް ވުރެ 13،500 ރުފިޔާ ބޮޑުކޮށް ދޫކުރުމަށެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. ބައެއް ފަރާތްތަކުން ބުނަމުންދަނީ މިފަދަ ކަންތައްތައް ދިމާވަނީ ހައްގު ނޫން ފަރާތަށް ފްލެޓް ދޭތީ ކަމަށެވެ.

ހިޔާ ފްލެޓްތަކާއި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓްތައް ވެސް ކުއްޔަށް ދޫކޮށްފައިވެ އެވެ.

މިފަދަ މައްސަލަތައް ހައްލުކުރުމުގެ މަގްސަދުގައި ސަރުކާރުގެ ފަރާތުން މިހާރު ވަނީ ބޯހިޔާވަހިކަމާ ގުޅޭ ހާއްސަ ބިލެއް މަޖިލީހަށް ހުށަހަޅާފައެވެ. އެ ބިލް ފާސްވުމުން މިފަދަ މައްސަލަތަކައް ހައްލު ލިބޭނެ ކަމަށް ބެލެވެއެވެ.