ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަންދޫ ބަނދަރާއި ޖެޓީ ރަނގަޅު ފެންވަރަކަށް ތަރައްޤީކޮށްދެއްވާނަން: ރައީސް

STO_Ads
TTH_Ads
Advertisement

އދ. މަންދޫގެ ރައްޔިތުން ބޭނުންވާގޮތަށް ރަށުގެ ބަނދަރާއި ޖެޓީގެ މަސައްކަތް އަވަސްކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މަންދޫގެ ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު މަންދޫއަށް ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދަކީ ބަނދަރާއި ޖެޓީ ރަނގަޅު ފެންވަރަކަށް ތަރައްޤީކޮށްދެއްވުންކަމަށެވެ. އެހެންކަމުން އެ މަސައްކަތް ރައްޔިތުން ބޭނުންވާގޮތަށް ހިންގަވައިދެއްވާނެކަމަށާއި، އަމަލީ މަސައްކަތް ލަސްތަކެއް ނުވެ ފެށޭނެކަމުގެ ޔަޤީންކަން ރައީސް ވަނީ މަންދޫގެ ރައްޔިތުންނަށް ދެއްވާފައެވެ.

HajjCop_ads
Advertisement

“ބަނދަރުގެ މައްސަލައާއި ޖެޓީއެއް ހެދުން އެއީ ރަައްޔިތުން އެންމެ ބޭނުންވާ އެއްކަންތައް. އެކަންކަން ފުއްދެވުމަށް ޚާއްސަ އިސްކަމެއްދޭނަން. އެމަޝްރޫޢުގެ އަމަލީ މަސައްކަތް ލަސްތަކެއްނުވެ ފެށޭނެ.” ރައީސް

ރައީސް ވިދާޅުވީ، މަންދޫ ސްކޫލަށް އޮތް ޖާގައިގެ މައްސަލަ ހައްލުކޮށްދެއްވުމަށްޓަކައި މިދަތުރުފުޅުގެ ތެރެއިން އެމްޓީސީސީއާ ހަވާލުކުރެވުނު ސްކޫލުގެ 12 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލުގެ އަމަލީ މަސައްކަތް މިފެށޭ ނޮވެންބަރުމަހުގެ ތެރޭގައި ފެށޭނެކަމަށެވެ. އަދި 2027 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށެން ވާއިރަށް އެތަން ބޭނުންކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

“ސްކޫލް މަސައްކަތަކީވެސް އަޅުގަނޑުމެންގެ މުހިންމު ވައުދެއް. މި ޕްރޮޖެކްޓުވެސް ނުހުއްޓި ބާރަށް ގެންގޮސްދޭނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވަން. މި މަޝްރޫޢާއެކު ދަރިވަރުންނާ ބެލެނިވެރިންނަށްވެސް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ.” ރައީސް

މަންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މަންދޫގައި އަމަލީ މަސައްކަތް ފެށި ކުޅިވަރުގެ މަޝްރޫޢުތަކަކީވެސް ޒުވާނުންނަށް އިތުރު ހިތްހަމަޖެހުމެއް ލިބިގެންދާނެ މަޝްރޫޢުތަކެއްކަމަށެވެ. މި ހުރިހާ މަޝްރޫޢުތަކެއްވެސް އަވަސް މިނެއްގައި ފުރިހަމަ ކުރުމަށް ކަމާއިގުޅުންހުރި މުއައްސަސާތަކާއި ކުންފުނިތަކުން ގުޅިގެން މަސައްކަތްކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި މަންދޫ ރައްޔިތުންގެ ފަރާތުން ހުށަހެޅި ކަންކަމުގެ ތެރޭގައި ލަފާފުރުމުގެ ދަތިކަން ހައްލުކޮށްދެއްވުމާއި، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމާއި، ސްކޫލު އެއްދަންފަޅިއަށް ބަދަލުކޮށްދިނުން ހިމެނެއެވެ. އަދި އާރްޓީއެލް ފެރީގެ ޚިދުމަތް އަވަހަށް ފެށުމާއި، ވިޔަފާރިއާއި އިޤްތިޞާދީ ހަރަކާތްތައް އިތުރުކުރުމާއި ލޯކަލް ޓޫރިޒަމަަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ ފަރާތުން ހުށަހެޅުއްވި ކަންކަން، ކަމާގުޅުންހުރި ވުޒާރާތަކުގެ ސަމާލުކަމަށް ގެންނަވާ، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެންވެސް އިތުރު ކަންކަން ފަހިކޮށްދިނުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަޤީންކަން މަންދޫގެ ރައްޔިތުންނަށް ދެއްވާފައެވެ.

39 ހެކްޓަރުގެ މަންދޫއަކީ އާބާދީގައި ގާތްގަނޑަކަށް 500 އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ. މިއީ މިއަތޮޅުގެ މީހުން ދިރިއުޅޭ އެހެން ރަށްރަށާ އަޅާބަލާއިރު ތަންކޮޅެއް ދުރުގައި ވަކިން އޮންނަ ރަށެކެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

ކުންފުނިތަކަށް އިއުލާން ނުކޮށް ވަޒީފާއަށް ނުނެގޭނެ: ރައީސް

ތިލަމާލެ ބުރިޖު ލަސްވަމުންދާ ލަސްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް: ރައީސް

DSC

ކުންފުނިތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ: ރައީސް

raees press

ގާނޫނުއަސާސީ ބަދަލުކުރަން ރައްޔިތުން ނުރުހޭ: ރައީސް