ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައްކާތެރިކަމާއެކު މަގު ހުރަސް ކުރުމަށް ހޭލުންތެރިކުރުމަށް ހަރަކާތެއް ފަށައިފި

TTH_Ads
STO_Ads
Maldivian_Ads
Advertisement

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރައްކާތެރިކަމާއެކު މަގު ހުރަސްކުރުމަށް އާންމު ރައްޔިތުންނަށް ހަނދާން ކޮށްދިނުމުގެ ގޮތުން މާލެ ސަރަހައްދުގައި ހަރަކާތެއް ފަށައިފިއެވެ.

މި ހަރަކާތް މާލޭގައި ފައްޓަވައި ދެއްވީ މާލެ ޕޮލިސް ކޮމާންޑުގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲ އާއި މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު އަރީޝްއެވެ. މީގެ އިތުރުން ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރު އާއި ޑިޕާޓްމަންޓުތަކުގެ އިސްވެރިން ބައިވެރިވެފައިވެއެވެ. އަދި މި ހަރަކާތް ހުޅުމާލޭގައި ފައްޓަވައިދެއްވީ ހުޅުމާލެ ޕޮލިސްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ދާޢޫދުއެވެ.

ފުލުހުންނާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތުގެ ތެރެއިން މަގު ހުރަސްކުރާއިރު ފުރަތަމަ މަގުގެ ކަނާތްފަރާތް ބަލައި ރައްކާތެރިކަން ކަށަވަރުކޮށް މަގު ހުރަސްކުރުމަށް އާއްމުންނަށް ހަނދާން ކޮށްދިނުމަށްޓަކައި މާލެގެ ވަށައިގެންވާ ރިންގް ރޯޑާ، މާލޭގެ ބައެއް ބޮޑެތި މަގުތަކުގެ އިތުރުން ހުޅުމާލޭގައި އެކި މަގުތަކުގައި ކުރަހާފައިވާ ކަފިހި ހުރަސްތަކުގައި ފުރަތަމަ ކަނާތް ފަރާތް ބެލުމަށް (LOOK RIGHT →) މިގޮތަށް ކުރަހަމުން ގެންދާނެއެވެ.

HajjCop_ads
Advertisement

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Large 1469550305377m2h

މިދިޔަ ހަތަރު އަހަރު މޫދު ހާދިސާތަކުގައި މަރުވީ 112 ފަތުރުވެރިން

1 suspect 1 811fb09a9f

ވަގަށް ނަގާފައިވާ ސައިކަލަކާއި ސާމާނުތަކަކާއެކު މީހަކު ހައްޔަރުކޮށްފި