ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަސްފަންނު ތަރައްޤީކުރުމުގެ މަސައްކަތް މިމަހު ފަށާނެ

Rasfannu
STO_Ads
TTH_Ads
Maldivian_Ads
Advertisement

ރަސްފަންނު ސަރަޙައްދަށް ބަދަލުތައް ގެނެސް ތަރައްޤީކުރުން، ދެ ކުންފުންޏަކާ ހަވާލުކޮށް، ޢަމަލީ މަސައްކަތް މިމަހު ފެށުމަށް ތައްޔާރުވެއްޖެއެވެ. ރަސްފަންނު ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއި އެމްޑަބްލިއުއެސްސީއާއެވެ.

ރަސްފަންނު ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ޕީއެސްއެމް ނިއުސްއާ ޙިއްސާކެއްވި މަޢުލޫމާތުގައިވާގޮތުން ރަސްފަންނު ގޮނޑުދޮށް ގިރުމުގެ މައްސަލަ ހައްލުކުރުމާއި، ބޭރު ތޮއްޓަށް ބައެއް ބަދަލުތައް ގެނެސް މޫދަށް އެރޭ ސަރަހައްދުގައި ފެން ދައުރުވުން ރަނގަޅުކުރުމާއި ރަސްފަންނު ސަރަހައްދުގައި ފެން ހިންދާ ރަނގަޅު ނިޒާމެއްގެ ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފަވަނީ، އެ ސަރަޙައްދު ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ ބައެއް އާއްމު ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތެވެ. އެގޮތުން ރަސްފަންނު ބޭނުންކުރާ ފަރާތްތައް ބޭނުންކުރުމަށް ފާޚާނާބަރިއަކާއި، ފެން މާގަނޑު ބެހެއްޓުން އަދި ލޮކަރފަދަ ވަސީލަތްތައް ޤާއިމްކުރުންވެސް ހިމެނެއެވެ. އެކަމަށް ބޭނުންވާ ބިން މިހާރު އެމް.ޑަބްލިއު.އެސް.ސީއާ ހަވާލުކޮށްފަވާކަމަށް އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ޢިމާރާތްކުރުމާބެހޭ ވުޒާރާއިން ވިދާޅުވީ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް މި މަސްތެރޭ ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ.

HajjCop_ads
Advertisement

ރަސްފަންނާއި ސަލްޓަންޕާކު މިހާރު އޮތް ޙާލަތާމެދު ކަންބޮޑުވެވަޑައިގަންނަވާކަން ހާމަކުރައްވާ، އެ ދެ ތަންވެސް މިހާރަށްވުރެ ފުރިހަމައަށް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ މިއަހަރުގެ ފެބްރުއަރީމަހުގެ 14ވަނަ ދުވަހުއެވެ. އެމަނިކުފާނުވަނީ އެ ތަންތަނުގެ ޙާލަތު ބައްލަވާލައްވާފައެވެ. މީގެތެރެއިން ސަލްޓަން ޕާކުގެ މަރާމާތުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ރަސްފަންނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައުސިންގ މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު އެމިނިސްޓްރީގެ ބެލުމުގެ ދަށުން މާލޭގެ ރައްޔިތުންގެ ހިތްފަސޭހަ މާހައުލެއް ޤާއުއިމްކުރުމަށް 2016 ވަނަ އަހަރު ތަރައްޤީކޮށް ހުޅުވާފައިވާ ތަނެކެވެ.

ޖޯލިފަތިތަކާއި ހޮޅުއަށިތަކުގެ އިތުރުން މަސް ބާނަންދާ މީހުންނަށް ޚާއްސަ ހަޓަކާއި ބާބަކިއު ހަދާ ސަރަޙައްދެއްވެސް ތަރައްޤީކުރިއެވެ. އަދި ކެއިންބުއިމުގެ ޚިދުމަތް ދިނުމަށް ޕެވީލިއަންއަކާ ފުޑް ހަޓްތައްވެސް ޤާއިމްކުރިއެވެ. ނަމަވެސް ފާއިތުވި ދުވަސްތަކުގައ އެތަން ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން ވަނީ ވަރަށް ބޮޑަށް ވީރާނާވެފައެވެ.

ސަރުކާރުން ރަސްފަންނަށް ގެންނަ ބަދަލާއެކު، އެތަން ބޭނުން ކުރާ މީހުންނަށް ހިތްފަސޭހަ މާޙައުލަކާއެކު، ބޭނުންވާ މުހިންމު ވަސީލަތްތައްވެސް ޤާއިމްކުރާނެއެވެ. ރަސްފަންނުވެފަވަނީ ގިނަ ބަޔަކު ބޭނުންކުރާ ސަރަޙައްދަކަށެވެ. ޚާއްސަކޮށް ހަފްތާ ބަންދުގައި ތުއްތު ކުދިން ގޮވައިން އާއިލީ ހަރަކާތްތައް ބާއްވާ ސަރަޙައްދަކަށެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 09 23 at 20.26.07

ފޮނަދޫ ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތް ބާރަށް ކުރިއަށް

WhatsApp Image 2026 09 23 at 14.29.23

ނޮޅިވަރަމު ސްކޫލް މަލްޓިޕާޕާސް ހޯލުގެ މަސައްކަތް ބާރަށް ކުރިއަށް

ހިއްމަފުށީ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

RTL

މަގު ހަދާތީ ވެސްޓްޕާކްގެ ބަދަލުގައި، ދެން ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް!