ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ފަނޑިޔާރުންނަށް ނިކުމެވޭނެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުތަކުގައި މަރުހަބާ ދެންނެވުމަށް ބައިވެރިވުމާއި، މުއައްސަސާތަކުގެ ވެރިންނާއެކު ބާއްވާ ބައްދަލުވުންތަކުގައި ކޯޓުތަކުގެ ފަނޑިޔާރުންނާއި މުވައްޒަފުން ބައިވެރިވުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މި މަޝްވަރާތަކަށްފަހު ކޮމިޝަނުން ނިންމާފައިވަނީ، ފަނޑިޔާރުންނާއި ކޯޓުތަކުގެ އެހެނިހެން މުވައްޒަފުންނަށް ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ދެންނެވުމަށް ނިކުމެވިދާނެ ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

ނަމަވެސް، އެފަދަ ހަރަކާތްތަކުގައި ބައިވެރިވާއިރު ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ހިފަހައްޓަންޖެހޭނެ ކަމަށް ކޮމިޝަނުން ވަނީ އިރުޝާދު ދީފައެވެ.