ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިއްދޫގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހެލްތް ކޭމްޕް ބާއްވަނީ

Img 20250812 wa0063
STO_Ads
TTH_Ads
Advertisement

ޓްރީ ޓޮޕް ހޮސްޕިޓަލުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބާއްވަމުންގެންދާ ހެލްތް ކޭމްޕް، މިފަހަރު ހއ. ދިއްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާކަން އެ ހޮސްޕިޓަލުން އިޢުލާން ކޮށްފިއެވެ. މި މަހުގެ 15 އިން 16 އަށް ހއ. ދިއްދޫ އަތޮޅު ހޮސްޕިޓަލުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޭމްޕަކީ ދިއްދޫ އަދި ކައިރި ރަށްތަކާއި ރިސޯޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް މަތީ ފެންވަރުގެ ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ބާއްވާ ކޭމްޕެކެވެ.

މި ހެލްތް ކޭމްޕްގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޙާއްސަ ޓީމެއް ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ބައިވެރިވާ ޑޮކްޓަރުންނަކީ:

• ޑރ. މޫސާ މަނިކް އިބްރާހިމް – ހިތުގެ ބަލިތަކުގެ ކޮންސަލްޓަންޓް
• ޑރ. މުހައްމަދު ހަބީބު – ކަށީގެ ބަލިތަކުގެ ކޮންސަލްޓަންޓް
• ޑރ. އަލީ މުޒުނީ – ކަށީގެ ބަލިތަކުގެ ކޮންސަލްޓަންޓް
• ޑރ. ރާޖޭޝް ވާލަންދް – ކަރުން މަތީގެ ބަލިތަކުގެ ކޮންސަލްޓަންޓް
• ރީބާ މޭރީ ތޮމިޗިއަން – ކްލިނިކަލް ޑައެޓީޝަން
• ޑރ. ތެހްޒީބް ފާރުޤީ – ފުއްޕާމޭގެ ބަލިތަކުގެ ކޮންސަލްޓަންޓް
• ޑރ. ޕްރީތީ ސޮލޮމޮން – އަންހެނުންގެ ޚާއްޞަ ބަލިތަކުގެ ކޮންސަލްޓަންޓް

HajjCop_ads
Advertisement

މިއީ ޓްރީ ޓޮޕް ހޮސްޕިޓަލުން މި އަހަރު ކުރިޔަށްގެންދާ 3 ވަނަ ހެލްތް ކޭމްޕެވެ. މިއަހަރުގެ ކުރީކޮޅު އޭޕްރިލް އަދި މެއި މަހުގައި ތ. ވޭމަންޑޫ އަދި ދ. ކުޑަހުވަދޫގައި ހެލްތް ކޭމްޕް ބާއްވާފައިވެއެވެ. 2024 ވަނަ އަހަރު ގއ. ވިލިނގިލި، ގދ. ތިނަދޫ އަދި ލ. ގަމުގައިވެސް މިފަދަ ހެލްތް ކޭމްޕް ވަނީ ބާއްވާފައެވެ. މިގޮތުން މިހާތަނަށް ބޭއްވުނު ހެލްތް ކޭމްޕްތަކުގައި 3500 އަށްވުރެ ގިނަ މީހުން ވަނީ ޑޮކްޓަރަށް ދައްކައި ސިއްޙީ ޚިދުމަތް ހޯދާފައެވެ.

މި ހެލްތް ކޭމްޕްތަކަކީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މަތީ ފެންވަރުގެ ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމާއި، ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުމެވެ.

ކޭމްޕްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް 10 އޮގަސްޓް ވަނަ ދުވަހުގެ 15:00 ގެ ފަހުން ހއ. އަތޮޅު ހޮސްޕިޓަލުގެ ނަންބަރު 6500093 އަށް ގުޅައިގެން ނަން ނޯޓުކުރެވޭނެއެވެ. މި ހެލްތް ކޭމްޕް އިންތިޒާމުކޮށް ކުރިޔަށް ގެންދިއުމުގައި ހއ. އަތޮޅު ހޮސްޕިޓަލާއި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން ދެއްވަމުންގެންދާ އެހީތެރިކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ޝުކުރު އަދާކޮށްފައިވެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ. މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ޚިދުމަތްތައް ތަޢާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ޤައުމުތަކަށް ޞިއްޙީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ޞިއްޙީ ޚިދުމަތުގެ ޚަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ޚިދުމަތްތަކާއި އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް 3351630 އަށް ގުޅުއްވާ ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް އެހޮސްޕިޓަލުން އެދެއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

tree top

ވެކްސިންގެ މުހިންމުކަމާ ގުޅޭގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުން ޚާއްސަ ސީއެމްއީ ސެޝަނެއް ބާއްވައިފި

988

ޑރ. ޕަންކަޖް: ހޯމޯންއާއި މެޓަބޮލިކް އާއި ހަކުރުގެ ބަލިތަކަށް ފަރުވާދިނުމުގައި ތަޖުރިބާކާރު ޑޮކްޓަރެއް

tree top

ޓްރީޓޮޕްގެ ހެލްތު ކޭމްޕެއް މިމަހު 10 އަދި 11ގައި ށ. ފުނަދޫގައި

tree top

ރޯދަ މަހު ޓްރީ ޓޮޕުން ހިދުމަތްދޭނެ ގަޑިތައް ކަނޑައަޅައިފި