ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޒުވާނުން ބިނާކުރުމަށް މަސައްކަތްކޮށްދެއްވުމަށް ރައީސް ގޮވާލައްވައިފި

raees muiz
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު
STO_Ads
TTH_Ads
Maldivian_Ads
Advertisement

ޒިންމާދާރު މަޤާމުތަކުގައި ތިބި ފަރާތްތަކުން ޤައުމުގެ ޒުވާނުން ބިނާކުރުމަށް މަސައްކަތްކޮށްދީ ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިފަދައިން ގޮވާލެއްވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބާގައި މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ، ޒުވާނުން ބާރުވެރިކުރުމަށް މުޅި މުޖްތަމަޢު ގުޅިގެން އެއް އަމާޒަކަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ޒުވާނުންގެ އަޑު އިއްވައި، ސިޔާސަތުތައް ކަނޑައަޅައި ކަންކަން ނިންމުމުގައި ޒުވާނުން ބައިވެރިކޮށް ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައި އެ ފުރުސަތު ފަހިކޮށްދޭން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މުޖްތަމަޢުގެ ތެރެއިންނާއި ލާމަރުކަޒީ ނިޒާމުގެ ތެރެއިން އަދި ބައިނަލްއަޤްވާމީ މައިދާނުން މިކަމަށް މަގުފަހިކޮށްދިނުމަށް އެމިނަކުފާނު އެދިވަޑައިގެންނެވިއެވެ.

HajjCop_ads
Advertisement

ޒިންމާދާރު މަގާމުތަކުގައި ތިބި ފަރާތްތައް ޒުވާނުންގެ އުފެއްދުންތެރި ހުނަރުތައް އާލާކޮށް، އެމީހުންގެ މުސްތަގުބަލުގެ ބިނާކުރުމަށް ރަނގަޅު ވަސީލަތްތައް ހޯދައިދިނުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

އެމަނިކުފާނުވަނީ ސަރުކާރުން މަސައްކަތް ކުރަނީ، ޒުވާނުންނަކީ ބަދަލުގެ ކުރިބޯށި ކަމުގައި ބަލާ ތަރައްޤީއަށް ކުރެވޭ މަސައްކަތުގައި ބައިވެރިވުން އިތުރުކުރުމަށް ކަމަށެވެ. އަދި ސަރުކާރުން ޒުވާނުންނަށް ތަރައްޤީގެ މަސައްކަތްތަކުގައި ޝާމިލްވެވޭނެ މާހައުލެއް ފަހިކޮށްދޭކަމަށް ވިދާޅުވެފައެވެ.

ޒުވާނުން ބާރުވެރިކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމެޓީއެއް ސަރުކާރުން އުފައްދަވާފައިވެއެވެ. މީގެ އިތުރުން ޒުވާނުންނަށް ފުރުސަތުތައް ހޯދައިދީ، ރާއްޖޭގައި އުފެއްދުންތެރި ޒުވާނުން ބިނާކުރުމަށް ކްރީއޭޓިވް އިކޮނޮމީއެއް ތަރައްޤީ ކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. މީގެ އިތުރުން ޒުވާނުންނަކީ މަސައްކަތުގެ މާހައުލަށް ތައްޔާރުވެފައިވާ ބައެއް ކަމަށް ހެދުމަށް، އަޕް ސްކިލިން ޕްރޮގްރާމުތަކާއި އެޕްރެންޓިސްޝިޕް ޕްރޮގްރާމުތައް އަމިއްލަ ފަރާތްތަކާއި ސަރުކާރުގެ އިދާރާތަކާއި މުޢައްސަސާތަކުގެ އެހީތެރިކަމާއެކު ދަނީ ކުރިއަށް ގެންދަމުންނެވެ.

ޒުވާނުންގެ ދުވަހެއް އެންމެ ފުރަތަމަ ފާހަގަކުރީ 1998 ވަނަ އަހަރުއެވެ. މިދުވަސް ފާހަގަކުރަން ފެށީ ދުނިޔޭގެ އެކި ޤައުމުތަކުގެ ޒުވާނުންނާބެހޭ ވަޒީރުން ބައިވެރިވި ބައްދަލުވުމެއްގައި، އޮގަސްޓު މަހުގެ 12 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ޒުވާނުންގެ ދުވަސްކަމަށް ކަނޑައެޅުމަށް ނިންމުމާ ގުޅިގެންނެވެ. މި ބައްދަލުވުން އޮތީ 1998 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Raees muiz

އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ނަގާ ޓެރިފް ކަނޑާލުމަކީ ސިނާއަތައް ލިބުނު ކުރިއެރުމެއް: ރައީސް

ފުވައްމުލަކުގެ ކުރީގެ އަތޮޅުވެރިޔާ ފާރޫޤް އަޙްމަދު އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި

މިއަދަކީ ބަނަލްއަޤްވާމީ އާއިލާތަކުގެ ދުވަސް

Raees Muizzu

ސަރުކާރު ވެގެންދާނީ އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ސަރުކާރަށް: ރައީސް