ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލާމަރުކަޒީ ބިލާއެކު ކައުންސިލްތަކުންކުރާ މާލީ ޚަރަދުތަކަށް ޒިންމާދާރުކުރެވޭނެ

TTH_Ads
STO_Ads
Advertisement

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއެކު ކައުންސިލްތަކުންކުރާ މާލީ ޚަރަދުތަކަށް އިތުރަށް ޒިންމާދާރުކުރެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ.

މެންބަރުން މިހެން ވިދާޅުވީ މަޖިލީހަށް ހުށައަޅާފައިވާ ލާމަރުކަޒީ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް މަރުހަލާގައެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން ހުށަހެޅުއްވި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލުގައި ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކެއް ކަނޑައަޅާފައިވެއެވެ.

HajjCop_ads
Advertisement

މި ބިލުގެ ސަބަބުން ލާމަރުކަޒީ ޤާނޫނުން ލޯކަލް ކައުންސިލްތަކަށް ދީފައިވާ ބާރުތައް ނިގުޅައިގަނެވޭކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ވާހަކަދައްކަމުންނެވެ. މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްގައި ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ އެ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. އަދި މެންބަރުން ވަނީ ބިލުގައިވާ ކަންކަން ތަފްޞީލުކޮށްދެއްވާފައެވެ.

ބިލުގެ ބަހުސްގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވީ ޙަޤީޤީ މާނައިގައި ކައުންސިލްތައް ބާރުވެރިވެ، ބާރުތައް ލިބިދީފައިވަނީ އަދުގެ ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ކަމަށެވެ.

ޝުޖާޢު ވިދާޅުވީ މިހާރު ހުށައަޅާފައިވާ ބިލުގައި ކައުންސިލްތަކުން އެއްވެސް ބާރެއް ނިގުޅައި ނުގަންނަ ކަމަށާއި މިއީ ކައުންސިލްތަކުންކުރާ ކަންކަން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ހުށައަޅާފައުވާ އިސްލާހުތަކެއް ކަމަށެވެ.

“މި ބިލުގައި މި ބުނަނީ ކައުންސިލްތަކުން ވިޔަފާރިކުރާށޭ. އެކަމަކު އެ ރަށެއްގައި ޢާންމު ރައްޔިތަކުކުރާ މަސައްކަތެއް ނުކުރާށޭ. 10 މިލިޔަނަށްވުރެ ބޮޑުވާންޖެހޭނޭ އިންވެސްޓްމެންޓް. ޢުމްރާނީ ތަރައްޤީއަކަށްވާ މަސައްކަތަކަށް ވާށޭ. މީގެން ނެތް ބާރުތައް ނިގުޅައިގަނެވިފައެއް.” މެންބަރު ވިދާޅުވިއެވެ.

ޝުޖާޢު ވަނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ކައުންސިލްތަކުގެ ބާރު ކަނޑުވާލަން މަސައްކަތްތަކެއްކޮށްފައިވާކަމަށް ތުހުމަތުކުރައްވާފައެވެ. އެ ގޮތުން ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ފާސްނުކޮށްދީ ހިފެހެއްޓުމާއި މާލެ ސިޓީ ކައުންސިލުން ލޯކަލް އޮތޯރިޓީ ކުންފުންޏެއް އުފައްދަން ހުށައެޅުމުން އެކަމުގެ ހުއްދަ ހިފެހެއްޓުންފަދަ ކަންކަން ޝުޖާޢު ފާހަގަކުރެއްވިއެވެ.

ބިލަށް ބަހުސްކުރައްވަމުން މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ޙަޤީޤީ ބާރުވެރިކަން ފެންނަނީ ރަށް ހިމެނޭ ސަރަހައްދެއްގައި ހުރި ޤުދުރަތީ ވަޞީލަތްތަކުން ލިބޭ ނަފާއިން ހިއްސާއެއް ކައުންސިލްތަކުން ދިނުމުން ކަމަށެވެ. އަދި އެއީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ޢަމަލުކުރާ އުޞޫލުކަމަށާއި އެ މަގުން ފަޅު ރަށްރަށް ކައުންސިލްތަކަށް ދޫކުރަން ފެށްޓެވީ މި ސަރުކާރުންކަމަށް ޒަރީރު ވިދާޅުވިއެވެ.

މިދިޔަ 5 އަހަރު ލޭންޑް ޔޫސް ޕްލޭން ފާސްކުރަން ކައުންސިލްތަކަށް ވަރަށް ބޮޑަށް ދަތިވެފައި. މިދިޔަ ސަރުކާރުން އޮތީ ޤާނޫނުއަސާސީއަށް ބަދަލު ގެނެސް ލޭންޑް ޔޫސް ޕްލޭން ފާސްކުރުން ހުއްޓުވާފައި. މިދިޔަ 5 އަހަރު 25 އަށް ނާރާނެ ލޭންޑް ޔޫސް ޕްލޭންކުރި ރަށްތަކުގެ އަދަދު” ޒަރީރު ވިދާޅުވިއެވެ.

ޒަރީރު ވިދާޅުވީ މި އިސްލާހާއެކު ޙަޤީޤީ މާނާއިގައި ކައުންސިލްތަކުގެ މާލީ މުޢާމަލާތްތައް ހަރުދަނާކުރެވި، ޒިންމާދާރުކުރެވޭނެ ކަމަށެވެ.

ބިލަށް ބަހުސްކުރައްވަމުން ހުޅުމާލޭ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފް ވިދާޅުވީ ބައެއް ކައުންސިލްތަކުން ނަހަމަ ގޮތުގައި ޚަރަދުކުރާ ކަމަށެވެ. އަދި އެކަން ޒިންމާދާރު ގޮތެއްގައި ބެލެހެއްޓެންޖެހޭކަމަށާއި އެކަން ތަންފީޒުކުރުމަށް ޤާނޫނަށް ބަދަލު ގެނައުމަކީ ބާރުތައް ނިގުޅައިގަތުން ނޫންކަމަށް މެންބަރު ވިދާޅުވިއެވެ.

“ބާރުތައް ނިގުޅައިގަންނަނިއްޔޭ ބުނެ ދައްކަނީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް. ކައުންސިލްތަކުގެ ޚަރަދުތައް މޮނިޓަރކުރެވޭނެ އިސްލާހެއް މި ގެންނަނީ” ޙުސައިން ޝަރީފް ވިދާޅުވިއެވެ.

ލާމަރުކަޒީ ޤާނޫނަށް ހުށައަޅާފައިވާ އިސްލާހުތަކަށް ގިނަ މެންބަރުން ތާޢީދުކުރެއްވި ނަމަވެސް، ސަރުކާރާ އިދިކޮޅު ބައެއް މެންބަރުން ވަނީ ބިލާ ދެކޮޅަށް ވާހަކަދައްކަވާފައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޤާނޫނާ ޚިލާފު ސިޔާސީ ޙަރަކާތްތައް ހުއްޓުވަން މެންބަރުން ގޮވާލައްވައިފި

H6txovzbmjojwefnjhdb

މާލޭގައި ކުރާ އިހުތިޖާޖުތައް ހުއްޓުވައި ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލާ ގަރާރެއް މަޖިލީހަށް ހުށަހަޅައިފި 

43

އޭޑީއެޗްޑީ އަށް ބޭނުންކުރާ ބޭސް ‘މެތައިލްފެނިޑޭޓް’ މަނާ ތަކެތީގެ ލިސްޓުން އުނިކުރަން ސަރުކާރުން ހުށަހަޅައިފި

supreme court

ޕާޓީން ވަކިވާ މެންބަރުންގެ ގޮނޑި ގެއްލޭނެކަމަށް ޤާނޫނު އަސާސީއަށް ގެނައި އިޞްލާހު ޞައްޙަ: ސުޕްރީމް ކޯޓު