ރާއްޖޭގެ ދަތުރަށްފަހު ސްރީލަންކާއަށް ވަޑައިގެން، ކޯޓަށް ހާޒިރުވުމުން އެ ގައުމުގެ ކުރީގެ ޔޫތު މިނިސްޓަރު ނަމާލް ރާޖަޕަކްސަ ކަފާލާތުގެ ދަށުން ދޫކޮށްލައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ކޯޓަށް ހާޒިރުވާން އަންގާފައިވަނިކޮށް، އެ އަމުރާ ހިލާފަށް ނަމާލް ރާއްޖެއަށް ވަނީ ކައިވެނި ހަފުލާއެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ރާއްޖެއަށް ވަޑައިގެންފައެވެ.

އެނބުރި ލަންކާއަށް ވަޑައިގެން، ހަމްބަންޓޯޓާ ޑިސްޓްރިކްޓް މެޖިސްޓްރޭޓް ކޯޓަށް ނަމާލް މިއަދު ހާޒިރުވުމުން ކަފާލާތުގެ ދަށުން ވަނީ ދޫކޮށްލައިފައެވެ.

އިޝްތިހާރު އިޝްތިހާރު

ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ކޯޓަށް ހާޒިރުވާން އަންގާފައިވަނީ، ހަމްބަންޓޯޓާ ބަނދަރުގެ ކޮންޓްރޯލު ޗައިނާއަށް ދޫކޮށްލުމާ ދެކޮޅަށް 2017 ގައި ކުރި މުޒާހަރާއެއްގެ މައްސަލައިގައެވެ.