ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިލަދޫ މަގު ހެދުމުގެ މަސައްކަތް އަންނަ މަހު ފެށޭނެ: ރައީސް

408748 e7e3f915 4
STO_Ads
TTH_Ads

ނ. މިލަދޫ ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތާއި މަގު ހެދުމުގެ މަސައްކަތް އަންނަ އޯގަސްޓް މަހު ފައްޓަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިކަން އިޢުލާންކުރައްވާފައިވަނީ، ނ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނ. މިލަދޫ އަށް ވަޑައިގެން މިއަދު މެންދުރު އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިލަދޫގެ ތަރައްޤީއަށް ކުރަން ހުރި މަސައްކަތުގެ ތެރެއިން އެންމެ އަވަހަށް މަސައްކަތް ޙަވާލުކުރެވޭނެ މަޝްރޫޢުތަކާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ، ގިރާ ސަރަޙައްދުގެ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ. އަދި މަގު ހެދުމުގެ މަސައްކަތް ޙަވާލުކުރެއްވުމަށް ނިންމަވާފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

HajjCop_ads

ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ، ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތުގެ ސްކޯޕް، ކައުންސިލާއެކު ފައިނަލްކުރެވިގެންދާއިރު ރަށުގެ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް މޫދަށް އެރެވޭނެ ސަރަޙައްދެއް ހެދޭގޮތަށް ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްގެންދަވަން ނިންމަވާފައިވާކަމަށެވެ.

މިލަދޫގެ ތަރައްޤީއަށްޓަކައި ކުރައްވަމުން ގެންދަވާ އިތުރު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމޫހޫރިއްޔާ ވަނީ، ފެނުގެ ނިޒާމާއި ހެލްތު ސެންޓަރުގެ މަސައްކަތްތައް ނިމެމުންދާކަން ފާހަގަކުރައްވާފައެވެ. މިހާރު 16 ގަޑިއިރަށް ޚިދުމަތްދެމުން އަންނަ ހެލްތު ސެންޓަރަށް އިތުރު ނަރުހުން ބޭނުންވާކަން ފާހަގަކުރައްވައި ރައީސުލްޖުމުހޫރިއްޔާ ވަނީ، އިތުރު ނަރުހުން ހޯއްދައިދެއްވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމާ މެދު ވާހަކަދައްކަވަމުން، އެ މަނިކުފާނު ވަނީ، މިލަދޫގައި އަޅާ 50 ހައުސިންގ ޔުނިޓްގެ މަޝްރޫޢު ކުރިއަށް ގެންދިއުމުގައި، ރައްޔިތުން ބޭނުންވަނީ އަމިއްލަ ގޯތީގައި ގެދޮރުއެޅުންތޯ، ނުވަތަ ވަކި ސަރަޙައްދެއްގައި ހައުސިންގ ޔުނިޓް އެޅުންތޯ ބައްލަވައި، ރައްޔިތުން ނިންމަވާގޮތަކަށް ކުރިއަށްގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު ވަނީ މިލަދޫގެ ތަރައްޤީއަށް އެ މަނިކުފާނު ވެވަޑައިގެންފައިވާ ހުރިހާ ވަޢުދެއް ފުއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

އާޓިފިޝަލް އިންޓެލިޖެންސް ރެގިއުލޭޓް ކުރުމާއި ބެހޭ ބިލެއް މަޖިލީހަށް ހުށަހެޅަނީ

WhatsApp Image 2026 03 23 at 10.30.45

ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކާބޯތަކެތީގެ ދަތިކަމެއް ނާންނާނެ: ރައީސް

448631 89f68b0e c

ރާއްޖޭގައި ކާބޯތަކެތި އުފައްދާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ލުއިތަކެއް ދެނީ

ޖަރުމަނުވިލާތުގައި ހުންނަ ދިވެހި އެމްބަސީއަށް ރައީސް ޒިޔާރަތްކުރައްވައިފި