ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުރިއަށް އޮތް ހަ މަހުގައި އޮންނާނީ ބައޯމެޓްރިކް ޑޭޓާ ނުދޭ ބިދޭސީން ޑީޕޯޓުކުރުން: ރައީސް

raees muiz
TTH_Ads
Maldivian_Ads
STO_Ads
Advertisement

HajjCop_ads
Advertisement

އޮޕަރޭޝަން ކުރަނގީގެ ދަށުން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ 98 އިންސައްތަ މީހުންގެ ބަޔޯމެޓްރިކް ޑޭޓާ ނަގައި ނިމިފައިވާ ކަމަށް ރައީސް މިއަދު އެކްސްގަައި ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި 2023 ވަނަ އަހަރުގެ 17 ނޮވެންބަރުގައި ވެރިކަމާ ހަވާލުވެވަޑައިގަތްއިރު، ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ބައޯމެޓްރިކް ޑޭޓާ ނެގިފައި އޮތީ އެންމެ 13 އިންސައްތަ މީހުންގެއެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދެއްވުމަށް ރައީސް ވެވަޑައިގެންފައިވާ ވައުދުފުޅު ފުއްދެވުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަަތްތަކުގެ ދެން އޮތް މަރުހަލާގެ ތަފުސީލު މިއަދުގެ ޕޯސްޓުގައި އެމަނިކުފާނު ހިއްސާކުރެއްވިއެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވި ގޮތުގައި އެ މަރުހަލާގެ ދަށުން ކުރިއަށް އޮތް ހަ މަސްދުވަހު ކުރިއަށްގެންދާނެ މަސައްކަތަކީ ބައޯމެޓްރިކް ޑޭޓާަ ނުދީ ރާއްޖޭގައި ތިބި ބިދޭސީ މަސައްކަތްތެރިން ހޯދައި، އެމީހުން ރާއްޖެއިން ޑީޕޯޓުކުރުމުގެ ހާއްސަ މަސައްކަތެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ގިނަ ބައެއްގެ ބައޯމެޓްރިކް ޑޭޓާ ނަގާފަައިވާއިރު، ރައީސްްގެ ވެރިކަމުގައި 11،000 އަށްވުރެ ގިނަ ބިދޭސީން ރާއްޖެއިން ޑީޕޯޓުކުރިއެވެ. މި ވެރިކަމުގެ ކުރީ ފަސް އަހަރު ޑީޕޯޓުކުރެވުނީ 2،400 އެއްހަައި ބިދޭސީންނެވެ

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

އާޓިފިޝަލް އިންޓެލިޖެންސް ރެގިއުލޭޓް ކުރުމާއި ބެހޭ ބިލެއް މަޖިލީހަށް ހުށަހެޅަނީ

WhatsApp Image 2026 03 23 at 10.30.45

ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކާބޯތަކެތީގެ ދަތިކަމެއް ނާންނާނެ: ރައީސް

448631 89f68b0e c

ރާއްޖޭގައި ކާބޯތަކެތި އުފައްދާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ލުއިތަކެއް ދެނީ

ޖަރުމަނުވިލާތުގައި ހުންނަ ދިވެހި އެމްބަސީއަށް ރައީސް ޒިޔާރަތްކުރައްވައިފި