ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސްގެ ޓަވަރަކުން މިއަދު ވެއްޓުނު މީހާ މަރުވެއްޖެއެވެ.

ފުލުހުން ބުނީ މަރުވެފައި ވަނީ 18 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މި ހާދިސާގެ ފޮޓޯއާއި ވީޑިއޯ ސޯޝަލްމީޑިއާގައި ވަނީ ދައުރުވެފައެވެ. ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި އެ މީހާ ވެއްޓިފައި އޮތް ސަރަހައްދަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެފައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

ވެއްޓުނު މީހާއަށް ލިބުނީ ކިހާވަރެއްގެ އަނިޔާއެއްކަން އަދި ވެއްޓުނީ ކިތައްވަނަ ފަންގިފިލާއިން ކަމެއް އަދި ނޭނގެއެވެ.

އޭނާ ވެއްޓެން ދިމާވި ސަބަބެއް ވެސް އަދި ނޭނގެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.