ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަލަސްތީނުގެ ދިފާއުގައި އިތުރަށް މަސައްކަތްކުރަން ރާއްޖެއިން ގޮވާލައިފި

Gvbsqtxxgaa6anq
STO_Ads
TTH_Ads
Advertisement

ފަލަސްތީނުގެ ރައްޔިތުން ކުރިމަތިލަމުންދާ އަނިޔާތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތައް އެޅުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އިތުރަށް މަސައްކަތްކުރުމަށް “ކޮންފަރެންސް އޮން ދަ ކުއެއްޝަން އޮފް ޖެރޫސެލަމް”ގައި ރާއްޖެއިން ގޮވާލައިފިއެވެ.

އ.ދ. ގެ ކޮމިޓީ އޮން ދަ އެކްސަސައިޒް އޮފް ދަ އިންއޭލިއަނަބަލް ރައިޓްސް އޮފް ދަ ޕަލަސްޓީނިއަން ޕީޕަލް (ސީއައިއާރުޕީޕީ) އަދި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން އިންތިޒާމުކޮށްގެން ބޭއްވި އެ ބައްދަލުވުމުގެ ޝިއާރަކީ “ޕަލަސްޓީނިއަން އޮޕްރެޝަން އެންޑް ޑިސްޕްލޭސްމަންޓް އިން ޖެރޫސަލަމް އިން ދަ ޝެޑޯ އޮފް ދަ ވޯ: އަ މައިކްރޮކޯސޮމް އޮފް ދަ ސިޓުއޭޝަން ތުރޫއައުޓް ދަ އޮކިއުޕައިޑް ޕަލަސްޓީނިއަން ޓެރިޓަރީސް” އެވެ.

ސެންގާލްގެ ވެރިރަށް ޑާކާގައި ބޭއްވި “ކޮންފަރެންސް އޮން ދަ ކުއެއްޝަން އޮފް ޖެރޫސަލަމް”ގައި އޯއައިސީއަށް ރާއްޖެ އިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު، އަދި ސައުދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ސަރީރު ރާއްޖެ ތަމްސީލުކޮށް ބައިވެރިވެވަޑައިގެން ވަނީ ތަގުރީރު ކުރައްވައިފިއެވެ.

HajjCop_ads
MMA_Ads
Advertisement

ސަފީރުގެ ވާހަކަދައްކަވަމުން ވަނީ، އިރުމަތީ ގުދުސްއާއި ވެސްޓް ބޭންކް އަދި ގާޒާގައި މެދުކެނޑުމެއްނެތި ހިންގަމުންދާ ހަމަނުޖެހުންތަކާއި އޭގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ އަނިޔާއާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

އިސްރާއީލުގެ އިސްތިއުމާރީ ސިޔާސަތުތައް ސަފީރު ސިފަކުރެއްވީ ނިޒާމީ އަދި ފުޅާ ދާއިރާއެއްގައި ބާރުގެ ބޭނުންކޮށްގެން ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ އަމިއްލަ ބިމުން ނެރުމާއި، އެ މީހުންގެ މުދަލާއި ވަސީލަތްތައް އަތުލުމާއި، އަދި އެމީހުންގެ އިންސާނީ ހައްގުތަކާއި ކަރާމާތް ނިގުޅައިގަތުމަށް މަގުފަހިކުރާ ކަންތައްތަކެއްގެ ގޮތުގައެވެ.

އޭނާގެ ވާހަކައިގައި، އިސްތިއުމާރާއި ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމުގެ މުހިންމުކަން ފާހަގަކުރައްވައި، މިހާރުން މިހާރަށް ދާއިމީކޮށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުމަކަށް ގެނެސް، ފަލަސްތީނުގެ ރައްޔިތުން ކުރިމަތިލަމުންދާ އަނިޔާއަށް އަވަސް ހައްލެއް ހޯދުމަކީ މި ވަގުތަށް އެންމެ މުހިންމު ކަންތައްތައް ކަމުގައި ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބައިނަލްއަގުވާމީ މުޖުތަމައުއިން ސާބިތުކަމާއެކު މަސައްކަތްކުރުމަށް ސަފީރު ގޮވާލެއްވިއެވެ.

ސީއައިއާރުޕީޕީ އުފައްދާފައިވަނީ 1975 ވަނަ އަހަރު އދ. ގެ އާއްމު މަޖިލީހުގެ ގަރާރު ނަންބަރު 3376 އިންނެވެ. އެ ކޮމިޓީގެ މަގުސަދަކީ ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ކަމުގައިވާ ބޭރުގެ ނުފޫޒަކާ ނުލައި އަމިއްލަ ނިންމުންތައް ނިންމުމުގެ ހައްގާއި، މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމުކުރުމުގެ ހައްގާއި ގައުމީ މިނިވަންކަމާއި ސިޔާދަތީ ބާރު ހިންގުމުގެ ހައްގެވެ. އަދި ބިމާއި މުދާ އަލުން ހޯދައި ލިބިގަތުމުގެ ހައްގު ލިބިދިނުމަށްޓަކައި ތަންފީޒުކުރާނެ ޕްރޮގްރާމެއް ހުށަހެޅުމެވެ.

އެ ކޮމިޓީގެ ހުށަހެޅުންތައް ވަނީ އދ. ގެ އާއްމު މަޖިލީހުން ފާސްކޮށްފައެވެ. އަދި އެ ކޮމިޓީން ކޮންމެ އަހަރަކު އދ. ގެ އާއްމު މަޖިލީހަށް ރިޕޯޓު ހުށަހަޅައެވެ. ރާއްޖެއަކީ 1976 ވަނަ އަހަރުން ފެށިގެން އޯއައިސީގައި އަމަލީގޮތުން ހަރަކާތްތެރިވަމުން އަންނަ އެ ޖަމިއްޔާގެ މެންބަރު ގައުމެކެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

އިސްރާއީލު ޖަވާބުދާރީކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ދިވެހިރާއްޖެއިން ގޮވާލައިފި

8u

ހޮރްމޫޒު ކަނޑުއޮޅީގައި ދަތުރުފަތުރުކުރުމުގެ މިނިވަންކަން ހޯދުމަށް ހުށަހެޅި ގަރާރުގެ ސްޕޮންސަރުންގެ ތެރޭގައި ރާއްޖެ ހިމެނިއްޖެ

Foreign ministry

ޚާރިޖީ ގުޅުންތަކާ ގުޅޭގޮތުން ވާހަކަދައްކާއިރު ޙިކުމަތްތެރިވާންޖެހޭ: ފޮރިން މިނިސްޓްރީ

43

ރާއްޖެއާއި އެމެރިކާއާ ދެމެދު ދިފާޢީ އަދި ސަލާމަތީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި