ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފައިނުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ ކުދިން ވެންޓިލޭޓަރުން ނަގައިފި

Igmh
TTH_Ads
STO_Ads
Advertisement

ރ. ފައިނުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ދެ ކުދިން ވެންޓިލޭޓަރުން ނަގައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެރޭ އެކްސިޑެންޓު ހިނގީ، ފައިނު ސްކޫލްގެ ދެ ދަރިވަރުން ދުއްވި ސައިކަލަކުން، ކަސްރަތަށް މަގުމަތީގައި ހިނގަން އުޅުނު އެރަށު ސްކޫލްގެ ޕްރިންސިޕަލާއި، ޓީޗަރެއްގެ ގައިގައި ޖެހިގެންނެވެ. މި އެކްސިޑެންޓުގައި އަނިޔާވި ހަތަރު މީހުންނަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އޭގެ ތެރެއިން ތިން މީހުން އިތުރު ފަރުވާއަށް ވަނީ މާލެ ގެނެސްފައެވެ. އެއީ ސައިކަލް ދުއްވި ދެ ދަރިވަރުންނާއި، ސައިކަލުން ޖެހުނު އެރަށު ސްކޫލްގެ ޓީޗަރެކެވެ.

ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުން ވިދާޅުވީ ފަރުވާދެމުންދިޔަ އުމުރުން 14 އަހަރާއި 16 އަހަރުގެ ދެ ކުދިން ވެންޓިލޭޓަރުން ނަގާފައިވާކަމަށެވެ. އެހެންނަމަވެސް އެކުދިންނަށް އަދިވެސް ފަރުވާދެމުން އަންނަނީ އައިސީޔޫގައިކަމަށްވެސް އައިޖީއެމްއެޗުން ވިދާޅުވިއެވެ.

HajjCop_ads
Advertisement

މީގެ އިތުރުން، އިތުރު ފަރުވާއަށް މާލެ ގެނައި ޓީޗަރު އަދިވެސް އޮތީ ވެންޓިލޭޓަރުގައިކަމަށްވެސް އައިޖީއެމްއެޗުން ވިދާޅުވިއެވެ.
ފައިނުގައި ހިނގި މި އެކްސިޑެންޓު ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

އައިޖީއެމްއެޗްގައި ރޮބޮޓިކް ސާޖަރީ ތައާރަފުކުރުމަށް ތައްޔާރުވަނީ

88887

ރާއްޖޭގެ ފުރަތަމަ ނިއުރޯ އިންޓަވެންޝަނަލް ރޭޑިއޮލޮޖީ ސްޕެޝަލިސްޓް އައިޖީއެމްއެޗާ ގުޅިވަޑައިގެންފި

އައިޖީއެމްއެޗުން ހަކުރު ބައްޔަށް ސްކްރީން ކުރުމުގެ ހަރަކާތެއް

6192637100855856592

ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހަކަށް ފަރުވާދެނީ