ބްރޯޑްކާސްޓިން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޔާމީން އިދުރީސް މިއަދު ހަމަޖައްސައިފިއެވެ.

ބްރޮޑްކޮމްގެ ސެކެޓްރީ ޖެނެރަލްގެ މަގާމް ހުސްވީ އެ މަގާމުގައި ހުރި ޒީނިޔާ އެމަގާމުން ވަކިކުރުމުންނެވެ.

ޒީނިޔާ އެ މަގާމުން ވަކިކުރީ ކޮމިޝަންގެ މަސައްކަތަށް އެއްބާރުލުން ނުދިނުމުންނެވެ. އޭނާ ވަކީ ކޮމިޝަނުގެ މެންބަރުންގެ ގާނޫނީ ވާޖިބު އަދާކުރުމަށް ގަސްތުގައި ހުރަސްއަޅާފައެވެ.

އިޝްތިހާރު އިޝްތިހާރު

ޒީނިޔާ މަގާމުން ވަކިކުރުމުން އޭނާ ވަނީ އޭނާއަށް ވާގިވެރިވާ މުވައްޒަފުން ލައްވައި އިހްތިޖާޖެއް ވެސް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ބައެއް މުވައްޒަފުން އޮފީހަށް ހާޒިރުނުވެ އިހްތިޖާޖުކޮށްފައިވެއެވެ.

ޔާމީން އިދުރީސް އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިމުގައި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި ބޭފުޅެކެވެ.