މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ އައިޓީ އޮފިސަރު އަހުމަދު ފަޒީލް މިއަދުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ސަސްޕެންޑުކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި އޭނާ ސަސްޕެންޑުކުރީ އެ ކޮމިޝަނުގެ ސާވާ ޑައުންވުމުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ފާހަގަވެފައިވާތީއެވެ.

އެކަމާ ގުޅިގެން މިއަދު ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބްރޮޑްކޮމްގެ ސާވާއަށް ދިމާވި މައްސަލައެއް ހައްލު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެތަނުގެ އޮފީހަށް، ބްރޮޑްކޮމްގެ ރިކުއެސްޓަކަށް ފުލުހުންގެ ޑިޖިޓަލް ޑާޓާ ޓެކްނީޝަނުން އިއްޔެ ދިޔަ ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ ވެސް ވަނީ ސަސްޕެންޑު ކޮށްފައެވެ.

ޒީނިޔާ ކޮމިޝަނުގެ މަސައްކަތްތަކަށް ހުރަސްއަޅައި މެންބަރުންގެ ގާނޫނީ ވާޖިބު އަދާކުރުމަށް ދަތިކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެ ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.