ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޮލިމްޕިކް ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

raees muiz
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު
TTH_Ads
STO_Ads
Advertisement

ކުޅިވަރުގެ ދާއިރާގައި މަސައްކަތްކުރައްވާ، އަދި ކުޅިވަރަށް ލޯބިކުރާ އެންމެހައި ފަރާތްތަކަށް، އޮލިމްޕިކް ދުވަހުގެ ތަހުނިޔާ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.

ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ކުޅިވަރަކީ އެއްބައިވަންތަކަމާ، ގަދަ ހިތްވަރާ، ކާމިޔާބަށް މަސައްކަތްކުރަން ދަސްކޮށްދޭ މުހިންމު ހުނަރެއް ކަމަށެވެ.

ރައީސް މި މޭރުމުން ޕޯސްޓު ކުރައްވާފައި ވާއިރު، އެ މަނިކުފާނު ވެރިކަމާ ޙަވާލުވެވަޑައިގަތް ހިސާބުން، ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ތަފާތު ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަން ފާހަގަކުރެވެއެވެ. އެގޮތުން، 2015 ވަނަ އަހަރު އެކުލަވާލާ، އޭގެފަހުން އެއްވެސް ބަދަލެއް ގެނެވިފައިނުވާ ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް ފުރަތަމަ އިޞްލާޙު ގެންނަވާ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުނަރުވެރި ގިނަ ކުޅުންތެރިންތަކަކަށް ރާއްޖޭގެ ޤައުމީ ޓީމުތަކަށް ކުޅުމުގެ ފުރުޞަތު ފަހިވެގެންދާނެ ފަދަ ގޮތަކަށް ކުޅިވަރުގެ ނިޒާމު އެކުލަވާލެއްވިއެވެ. އެގޮތުން، މި އިސްލާހުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކި ކުޅިވަރު ޖަމްޢިއްޔާތަކުގެ ސަރަަޙައްދީ ގޮފިތައް ހުޅުވިގެން ގޮސް، ކޮންމެ ކުޅިވަރަކަށްވެސް އެ ސަރަޙައްދުތަކުގައި ތިބި އެންމެ މޮޅެތި ކުޅުންތެރިން ދެނެގަނެވޭނެ އުޞޫލެއް، މި އިޞްލާޙުގެ ދަށުން އެކަށައެޅިގެންދިޔަ އެވެ.

HajjCop_ads
Advertisement

މި އިޞްލާޙު ތަޞްދީޤު ކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވުނު ހަފްލާގައި ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ޤައުމީ ޓީމުތަކަށް ކުޅެން މިހާރު ފުރުޞަތު ލިބެނީ ގާތްގަނޑަކަށް ހަމައެކަނި މާލޭގައި ނުވަތަ މާލެ ސަރަޙައްދުގައި ދިރިއުޅޭ ކުޅުންތެރިންނަށް ކަމަށާއި، ނަމަވެސް މި އިޞްލާޙުގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކުގަ ދިރިއުޅޭ ހުނަރުވެރި ކުޅުންތެރިންނަށް މި ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.

“ރާއްޖޭގެ ރައްޔިތުން އެކި އަތޮޅުތަކުގައި ދިރިއުޅެމުންދާއިރު އަބަދުވެސް ހަމަ ގާތްގަނޑަކަށް ވެފަ މި އޮންނަ ގޮތަކީ ޤައުމީ ޓީމުތަކަށް މާލޭގަ ނުވަތަ މާލެ ސަރަހައްދުގަ އުޅޭ ކުޅުންތެރިންނަށް ފުރުޞަތު ލިބޭގޮތް ވެފަ މި އޮންނަނީ. ގާތްގަނޑަކަށް އެހެންވެފަ މި އޮންނަނީ. އެހެންނަމަވެސް ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ކުޅިވަރު ކުޅޭ ކުޅުންތެރިން އުފެއްދުމާ، ހުނަރު އިތުރުކުރުމާ، ކުޅިވަރު ކުޅޭ ކުޅުންތެރިން އައިޑެންޓިފައި ކުރެވޭނެ ގޮތް ވުމާ، ޤައުމީ ޓީމުތަކަށް ކުޅިވަރު ކުޅޭ ކުޅުންތެރިން ލާމަރުކަޒީ ނިޒާމުގެ ތެރެއިން މުޅި ރާއްޖެ ޝާމިލުވާ ގޮތަށް އެންމެ މޮޅު ކުޅުންތެރިން ހޮވޭ ގޮތްވުން. އެއީ މީގެ ތެރެއިން ހާސިލުވާނެ ކަމެއް،” ރައީސް ވިދާޅުވިއެވެ.

މީގެ އިތުރަށް، އޮލިމްޕިކްސް ހިމެނޭ ފަދައިން ދުނިޔޭގެ އެކި ކުޅިވަރު މުބާރާތްތަކުން ރާއްޖޭއަށް ރަން ވަނަތައް ހޯދައިދޭނެ އެތްލީޓުން ބިނާކުރުމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް، ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެފައި ވެއެވެ.

ވުޒާރާގެ 52 ހަފުތާގެ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ކުޅިވަރު މިހާރު އޮތް ހިސާބުން ބައިނަލްއަޤުވާމީ ހަރުފަތަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތަކަކީ ކޮބައިކަން ދެނެގަނެވި، އެކަންކަން ކުރުމުގެ ޢަމަލީ މަސައްކަތްވެސް ފެށިފައިވާކަން ފާހަގަކުރައްވާ، މިކަން ހާސިލުކުރުމަށްޓަކައި ކުރަންޖެހޭ މައިގަނޑު 6 ކަމެއް ދެނެގަނެވި، 6 ލީޑަރެއްގެ ދަށުން 6 ޓީމެއް އެކުލަވާލާ އެ ޓީމުތަކުގެ މެދުގައި މަސައްކަތްތައް ބަހާލެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Img md 202304131239591681371599.1018

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

finance

ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް އަލުން ހުޅުވާލައިފި

Minister Saeed

އިޤްތިޞާދު ނުރައްކަލަށް ހުށައެޅޭނެ ވާހަކަ ދައްކަނީ އިދިކޮޅުން ދައްކާނެ އިތުރު ވާހަކައެއް ނެތުމުން: ސަޢީދު

Ew

އެމްޕީއެލްގެ މުވައްޒަފަކު ގުރުއާން ހިތުދަސްކޮށްފި