ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެލައިޑް ހެލްތު ޕްރޮފެޝަނަލް ސްކޮލަރޝިޕަށް ހުޅުވާލައިފި

university
Maldivian_Ads
STO_Ads
TTH_Ads
Advertisement

51 ދާއިރާއެއް ހިމެނޭހެން އެލައިޑް ހެލްތު ޕްރޮފެޝަނަލް ސްކޮލަރޝިޕް ސްކީމަށް އެދުމުގެ ފުރުޞަތު ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

މި ސްކޮލަރޝިޕްތަކަށް އެދުމުގެ ފުރުޞަތު “ކުރި” ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައިވަނީ ޑިސެމްބަރުމަހުގެ ނިޔަލަށެވެ.

ޖުމްލަ 51 ދާއިރާއަކުން ސްކޮލަރޝިޕް ސްކީމަށް ހުށަހެޅޭއިރު އޭގެތެރޭގައި ފިޒިއޮތެރެޕީގެ ދާއިރާއާއި ކައުންސިލިންއާއި ސައިކޮލޮޖީގެ އިތުރުން ފާމަސީއާއި އޮޕްޓޮމެޓްރީ ނުވަތަ ލޮލުގެ ފަރުވާގެ އިތުރުން ސިއްޙީ ދާއިރާގެ މުހިންމު ދާއިރާތަކެއް ހިމެނެއެވެ.

HajjCop_ads
Advertisement

މި ސްކީމްގެ ދަށުން މާސްޓާސް ޑިގްރީ، ބެޗެލާސް ޑިގްރީ އަދި ޑިޕްލޮމާއާ ހަމައަށް ކިޔެވެއެވެ. އަދި މި ދާރާތަކުގެ ކޯސްތައް ހިމެނޭހެން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކިޔެވުމަށް 955 ސްލޮޓް އެބައޮތެވެ.

ތައުލީމާ ބެހޭ ވުޒާރާއިން ވަނީ މި ސްކީމަށް ކުރިމަތިލެވޭނެ މީހުންގެ ޝަރުތުތައްވެސް ހާމަކޮށްފައެވެ. އޭގެ ތެރޭގައި އެމީހަކު ހާސިލުކޮށްފައިވާ ސަނަދަށްވުރެ މަތީ ފެންވަރުގެ ސަނަދެއް ލިބޭ ޕްރޮގްރާމެއް ފުރިހަމަކުރަން ހުށަހަޅާ ފަރާތަކަށްވާންޖެހެއެވެ. އަދި ކިޔަވަން ހުށަހަޅާ ޕްރޮގްރާމުގައި ކިޔެވުމަށް ޕްލޭސްމަންޓް ލިބިފައިވާ ފަރާތަކަށްވާންޖެހޭނެކަމަށެވެ.

ކިޔަވަން އެދޭ ޕްރޮގްރާމުގައި ބައިވެރިވުމަށް އެމްއެންކިޔުއެފްގައި ކަނޑައަޅައިފައިވާ އެންޓްރީ ކްރައިޓީރިއާ ފުރިހަމަވެ، އެމްކިޔުއޭއިން ދޫކުރާ ރިކޮގްނިޝަން އޮފް އިންޓެންޑެޑް ޕްރޮގުރާމްގެ ލިޔުމާއި، މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގެ ލިޔުން ލިބިފައިވާ ފަރާތަކަށްވެސް ވާންޖެހެއެވެ. އަދި ރާއްޖެއިން ބޭރުގައި ކިޔަވަން އެދޭ ފަރާތެއްނަމަ، ރާއްޖޭގައި ފުރިހަމަކުރެވެން ނެތް ޕްރޮގްރާމެއް ކިޔަވަން އެދޭ ފަރާތަކަށް ވާންޖެހޭނެކަމަށްވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ ސްކޮލަރޝިޕް ލިބޭ ފަރާތްތައް ހޮވުމުގައި ބަލާނ،ީ އޮންލައިން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ތަރުތީބުން، އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކެއް ފުރިހަމަވެފައިވާ ތަރުތީބުންކަމަށެވެ. އެލައިޑް ހެލްތު ޕްރޮފެޝަނަލްސް ދާއިރާގެ ޓްރެއިނިންގ ރިކްއާރމަންޓްގައި ބަޔާންކޮށްފައިވާ ފުރުސަތުތަކުގެ އަދަދު ހަމަވާންދެން ކުދިން ހޮވާނެކަމަށްވެސް ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަދި ތަރުތީބުން ފުރުސަތުތައް ދޭނީ މި ސްކީމުން އެ އަހަރަކަށް ކަނޑައަޅައިފައިވާ ބަޖެޓް ލިމިޓާހަމައަށްކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

އެލައިޑް ހެލްތު ދާއިރާއަށް 1500އަށްވުރެ ގިނަ ދިވެހިން ތަމްރީން ކުރުމަށް ޞިއްޙީ ވުޒާރާއާއި، މަތީ ތަޢުލީމާ ބެހޭ ވުޒާރާއާއި ޤައުމީ ޔުނިވަރސިޓީއާ ދެމެދު މިދިޔަ އަހަރު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިޕްރޮގްރާމުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ޞިއްޙީ އަދި އިޖްތިމާޢީ ޚިދުމަތަށް ބޭނުންވާ ފަންނީ މީހުން ތަމްރީނުކުރުމެވެ. މިޕްރޮގްރާމުގެ ދަށުން މިދާއިރާގެ ކޯސްތަކަށް ތަމްރީން ޕްރޮގްރާމުތައް އެކުލަވާލައި، ލެކްޗަރަރއިންނާއި ވަސީލަތްތައް ހޯދުމުގެ އިތުރުން އަމަލީ ތަމްރީން ލިބޭނެ އިންތިޒާމް ޤައުމީ ޔުނިވަރސިޓީން ހަމަޖައްސާނެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

darivarun

އަންނަ އަހަރު ދަރިވަރުންގެ ބަންދު ދުވަސްތައް އެއްކޮށްލުމުން ގާތްގަނޑަކަށް 3 މަސް ލިބޭނެ

darivarun school

ދިރާސީ އައު އަހަރުގެ ކިޔެވުން ޖެނުއަރީ 17ގައި ފަށާގޮތަށް ވަގުތީ އެކަޑަމިކް ކަލަންޑަރު އާންމުކޮށްފި

ޔުނިވަރސިޓީއެއްގެ ދަރަޖައަށް ބަދަލުކުރުމުގެ އުސޫލު އަލުން އެކުލަވާލައިފި

darivarun

މަތީ ސާނަވީ އިމްތިހާނުގައި 53 ސެންޓަރަކުން ޖުމްލަ 4،973 ދަރިވަރުން ބައިވެރިވި