ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖަޕާން ސަރުކާރުންދޭ ސްކޮލަރޝިޕްތަކަށް ފުރުސަތު ހުޅުވާލައިފި

university
TTH_Ads
MPL_Ads
STO_Ads
Advertisement

ޖަޕާނު ސަރުކާރުގެ ފަރާތުން ދިވެހި ދަރިވަރުންނަށް ދޭ “ޖަޕަނީސް ގަވަމަންޓް ސްކޮލަރޝިޕް 2027” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ފުރުސަތު ހުޅުވާލައިފައި ވަނީ، “ކޮލެޖް އޮފް ޓެކްނޮލޮޖީ ސްޓޫޑެންޓްސް” އަދި “ސްޕެޝަލައިޒް ޓްރެއިނިންގ ކޮލެޖް ސްޓޫޑެންޓްސް” ޕްރޮގްރާމްތަކަށެވެ.

މި ސްކޮލަރޝިޕްތަކަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަރޝިޕް ދޭ ފަރާތުން ކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން މައުލޫމާތު ދެއެވެ.

HajjCop_ads
MPL_Ads
Advertisement

މި ސްކޮލަރޝިޕާ ބެހޭ އިތުރު މައުލޫމާތު ސާފުކުރުމާއި އެޕްލިކޭޝަން ހުށަހަޅާނެ ގޮތުގެ ތަފްސީލް “ކުރި” ޕޯޓަލް އިން ލިބެން ހުންނާނެއެވެ.

މީގެ އިތުރުން، “ސްޓަޑީ އިން ޖަޕާން” ވެބްސައިޓް މެދުވެރިކޮށް ވެސް ކޯސްތަކުގެ ތަފްސީލް ބަލާލެވޭނެއެވެ.

މި ފުރުސަތަށް ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތައް މި މަހުގެ 17 ވަނަ ދުވަހުގެ 5:00 ގެ ކުރިން އޮންލައިން އެޕްލިކޭޝަން ފުރިހަމަކޮށް، ބޭނުންވާ އެންމެހައި ލިޔެކިޔުންތަކާއެކު ހުށަހަޅަންޖެހެއެވެ. އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ ސްޓަޑީ އިން ޖަޕާންގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށެވެ.

މި ކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން އެ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރުމަށް މިނިސްޓްރީން ވަނީ އިރުޝާދު ދީފައެވެ.

މީގެ އިތުރުން، ރާއްޖޭގައި މަސައްކަތް ކުރުމަށް ވަކި ލައިސެންސެއް އޮންނަންޖެހޭ ދާއިރާއެއްގެ ކޯހެއްނަމަ، ކަމާބެހޭ އިދާރާތަކުން އެ ކޯހެއް ގަބޫލުކުރާކަން ކަށަވަރު ކުރުމަކީ ވެސް މުހިންމު ކަމެއްގެ ގޮތުގައި މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

darivarun

ދަރިވަރުން ފުރަތަމަ ޓާމްގެ ޗުއްޓީއަށް

Io

ޖަޕާނުން ރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްގީކުރުމަށް 152 މިލިއަން ޔެންގެ ހިލޭ އެހީ ދީފި

މަތީ އަރުތަވެރިންގެ އިނާމު 2025: ފަސްވަނަ ދަންފަޅި ރައީސް ޝަރަފުވެރިކޮށްދެއްވައިފި

ޖަޕާނުގެ ވިޔަފާރިތަކަށް ޚާއްސަ ވެބިނާއެއް ބޭއްވުމަށް ނިންމައިފި