ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކޮމިޝަންޑް އޮފިސަރުންނަކީ ޤާބިލު ލީޑަރޝިޕެއް ދައްކައި، ބޮޑެތި ޒިންމާތައް އުފުލޭނެ ބަޔަކަށް ވާންޖެހޭ: ސީޕީ

Whats App Image 2026 10 15 at 16 54 50 c5ac035ba0
Maldivian_Ads
STO_Ads
TTH_Ads
Advertisement

ކޮމިޝަންޑް އޮފިސަރުންގެ ރޭންކުތަކާ ގުޅޭ ފުލުހުންނަކީ މުއައްސަސާއާއި ރައްޔިތުން އެދޭ ފަދަ ހަރުދަނާ ލީޑަރޝިޕެއް އަމަލީ މައިދާނުގައި ސާބިތުކޮށްދީ، ބޮޑެތި ޒިންމާތައް ފުރިހަމައަށް އުފުލޭނެ ބަޔަކަށް ވާންޖެހޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ މިހެން ވިދާޅުވީ، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެން.ސީ.ޕީ.އެލް.އީ) އިން ހިންގި 6 ވަނަ އިންސްޕެކްޓަރ ކޯސް ނިންމުމަށްޓަކައި މިއަދު އިސްކަންދަރު ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ކޯހުން އެއްވަނަ ހޯދާފައިވަނީ އަޙްމަދު ނަދީމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ފާހަގަކުރެއްވި ގޮތުގައި، 9 މޮޑިއުލްގެ މައްޗަށް އެކުލެވުނު މި ތަމްރީނު ފުރިހަމަކުރި 35 އޮފިސަރުންނަކީ ނަން-ކޮމިޝަންޑް ރޭންކުތަކުން ކޮމިޝަންޑް އޮފިސަރުންގެ ގިންތިއަށް ބަދަލުވުމުގެ މަރުހަލާ ނިންމައި، މުއައްސަސާގެ އިސް ލީޑަރޝިޕްގެ މަސްއޫލިއްޔަތުތަކާ ހަވާލުވުމަށް ތައްޔާރުވެފައިވާ އޮފިސަރުންނެވެ. އަދި މި ކޯހަކީ މުއައްސަސާގެ މުސްތަޤުބަލުގެ ލީޑަރުން ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

HajjCop_ads
Advertisement

ފުލުހުން ތަމްރީނުކުރުމަށް ކުރެވޭ ބޮޑެތި ހޭދަތަކާއި އިންވެސްޓްމަންޓްތަކަށް އަލިއަޅުއްވާލައްވަމުން ސީޕީ ވިދާޅުވީ، ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ލިބޭ މިފަދަ ފުރުސަތުތަކުގެ ބޭނުން ހިފަންވާނީ މުއައްސަސާގައި ދެމިތިބެ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރުމުގެ މަތިވެރި ނިޔަތުގައި ކަމަށެވެ. މީގެއިތުރުން، ފުލުހުންގެ ވަޒީފާއަކީ ވަގުތީ ގޮތުން މަޑުކޮށްލާ ބަނދަރަކަށް ނުހަދައި، މުއައްސަސާގެ ފެންވަރު ހިފަހައްޓައިގެން ދިގު މުއްދަތަކަށް ޚިދުމަތުގައި ދެމިތިބުމަށް ހުރިހާ ފުލުހުންނަށް ކޮމިޝަނަރ އިލްތިމާސްކުރެއްވިއެވެ.

މުވައްޒަފުންގެ ޢިލްމާއި ހުނަރުގެ ފެންވަރު މަތިކުރުމަކީ ކޮންމެ ދުވަހަކުވެސް އިސްކަންދޭ ކަމެއްކަން ހާމަކުރައްވަމުން ސީޕީ އަޙްމަދު މުޙައްމަދު ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތް ވެގެންދާނީ ޢިލްމީ ގޮތުން ޤާބިލު، ހުނަރުވެރި، އަދި ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަޖުރިބާކާރު ބަޔަކު ތިބި މުއައްސަސާއަކަށް ކަމަށެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، އެން.ސީ.ޕީ.އެލް.އީގެ އެގްޒެކެޓިވް ޑިރެކްޓަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާންގެ އިތުރުން ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި ދަސްވެނިވި އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

448964 3 037430c446ec08e53c8e13c8415a0fd9dd30ac63

ސޯސަން މަގު އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ޒުވާނާ ޝަރީއަތް ނިމެންދެން ބަންދަށް

Scam

މިދިޔަ ހަފްތާގައި ސްކޭމްގެ 41 މައްސަލަ، ގެއްލުނު ގިނަ ފައިސާ އަނބުރާ ހޯދުނު!

397602 3 b00e3554906a42efe82444c9a4276b1aa6c64461

އާންމު ތަންތަނުގައި ނިވާކަން ކުޑަ ހެދުން އަޅާ ބިދޭސީންނަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު!

police

ވާޖިބު އަދާކުރަމުން ދަނިކޮށް ނިޔާވާ ފުލުހުންގެ އާއިލާތަކަށް ބޭސްފަރުވާ ކޮށްދޭ ގޮތަށް ޤަވާއިދު އިސްލާހުކޮށްފި