ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުރިހަމަ ވަޞީލަތާއި ތަމްރީންތަކާއެކު ފުލުހުންގެ ޤާބިލުކަން އިތުރުވާނެ: ކޮމިޝަނަރ

police CP
TTH_Ads
Maldivian_Ads
STO_Ads
Advertisement

ފުރިހަމަ އުމްރާނީ އަދި އިންސާނީ ވަސީލަތްތަކާއި، ތަމްރީނުތައް ލިބި، ދިވެހި ރައްޔިތުން އެދޭފަދަ ޤާބިލު އަދި އިތުބާރު ހުރި މުއައްސަސާއަކަށް ދިވެހި ފުލުހުންގެ ޚިދުމަތް ބައްޓަންވެގެންދާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު އަޙްމަދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި އެކުވެރިކަމުގެ ހިނގާލުން ނިންމާލުމަށްފަހު ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ، ވެހިރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި ފުލުހުންގެ ޚިދުމަތް އަސްކަރީ ބާރަކުން މަދަނީ ޚިދުމަތަކަށް ބަދަލުވެގެން ދިޔުމަކީ ވަރަށް މުހިންމު ތާރީޚީ ބަދަލެއް ކަމަށެވެ. ނަމަވެސް، ފާއިތުވި 22 އަހަރުގެ ތެރޭގައި މުޅި ރާއްޖެއަށް ފުލުހުންގެ ޚިދުމަތް ފުޅާވެގެން ދިޔައިރު، އިންފްރާސްޓްރަކްޗަރ އަދި ވަސީލަތްތައް އެކަށީގެންވާ މިންވަރަށް ގާއިމުވެފައި ނެތުމުގެ ސަބަބުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނު ކަމަށެވެ.

މި ސަރުކާރުން ފުލުހުންގެ ޚިދުމަތާ ހަވާލުވިއިރު، އަމިއްލަ މަރުކަޒުތައް ހުރެގެން ޚިދުމަތް ދެމުންދިޔައީ އެންމެ 17 ވަރަކަށް ރަށުގައި. ނަމަވެސް މިއަދު އިރާދަކުރައްވައިގެން ބާކީ ހުރި ހުރިހާ ރަށެއްގައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް އެބަދޭ.

HajjCop_ads
Advertisement

ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

ފުލުހުންގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ޚާއްސަ ދާއިރާތަކުން ފުލުހުންނަށް ބޭނުންވާ ތަމްރީނުތައް ދެމުންދާކަން ސީޕީ ފާހަގަކުރެއްވިއެވެ. އަދި ފުލުހުން ރެއާއި ދުވާލު ކަށިން ހިތްވަރު ނެރެގެން މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް އެންމެ ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށްވެސް ވިދާޅުވިއެވެ.

ސީޕީ އަޙްމަދު މުޙައްމަދު ވިދާޅުވީ، އުއްމީދު ކުރައްވަނީ ކުރިއަށް އޮތް ތަނުގައި ބޭނުންވާ ފުރިހަމަ އުމްރާނީ އަދި އިންސާނީ ވަސީލަތްތަކާއި، ތަމްރީނުތައް ލިބި، ދިވެހި ރައްޔިތުން އެދޭފަދަ ޤާބިލު އަދި އިތުބާރު ހުރި މުއައްސަސާއަކަށް ދިވެހި ފުލުހުންގެ ޚިދުމަތް ބައްޓަންވެގެން ދިޔުން ކަމަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ 1 ސެޕްޓެމްބަރު 2004 ގައި، އޭރުގެ ސިފައިންގެ ދަށުން ފުލުހުންގެ ޚިދުމަތް ވަކިކޮށް، މަދަނީ މުއައްސަސާއެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތް އުފެއްދުމާ ގުޅިގެންނެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ފުލުހުންގެ ޚިދުމަތް ފަށާފައިވަނީ 29 މާރިޗު 1933 ގައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ihsaan

މިހާރު ގެންނަ ބަދަލުތަކުން ފުލުހުންގެ ޚިދުމަތް، ރައްޔިތުން އެދޭ ޚިދުމަތަކަށް ބަދަލުވާނެ: އިޙްސާން

މަސްތުވާތަކެތީގެ މައްސަލައެއްގައި ތަކަންދޫއިން މީހަކު ހައްޔަރުކޮށްފި

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ހާއްސަ ހިނގާލުން ބާއްވައިފި

Pol 1536x922

17 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި