ވިލިމާލޭ ފެރީ ޓާމިނަލުގައި ހިންގާ ފިހާރައިގެ ޓިނު ނަގައިގެން ވައްކަންކޮށްފިއެވެ.

ފުލުހުން ބުނީ މާލޭގައި ހުންނަ ވިލިމާލޭ ފެރީ ޓާމިނަލުގައި ހިންގާ ފިހާރައިން ވައްކަންކޮށްފައިވާ މައްސަލައެއް މިއަދު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ފިހާރައިން ވައްކަންކޮށްފައިވަނީ ހުކުރު ވަގުތަށް ބަންދުކޮށްފައި ހުއްޓައި އެތަނުގެ ޓިނު ނަގައިގެން ވަދެ ކަމަށާއި އެ ފިހާރައިން ފޯނަކާއި ފައިސާ ވަގަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އިޝްތިހާރު އިޝްތިހާރު

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.