ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ހުކުރު ދުވަހު ރާއްޖެ އަންނާނެ

STO_Ads
TTH_Ads
Advertisement

މިއަހަރުގެ ހައްޖުގެ އަޅުކަން ނިންމާލުމަށްފަހު މިމަހުގެ 13 ވާ ހުކުރު ދުވަހު ރާއްޖޭގެ ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް އެނބުރި ރާއްޖެ އައުމަށް ހަމަޖެހިއްޖެއެވެ.

ހައްޖު މިޝަންއިން ހާމަކުރިގޮތުގައި ހައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ދެވަނަ ގްރޫޕް މިމަހުގެ 14 ގައި އަދި ތިންވަނަ ގްރޫޕް މިމަހުގެ 16 ގައެވެ. އަދި އެންމެ ފަހު ގްރޫޕް އަންނާނީ މިމަހުގެ 17 ގައި ކަމަށްވެސް ހައްޖު މިޝަނުން ބުނެފައިވެއެވެ. އެތަނުން ފުރަތަމަ ދެ ގްރޫޕާއި ހަތަރުވަނަ ގްރޫޕް އައުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަން އެއަރލައިންސްގެ ފްލައިޓްތަކުގައެވެ. އަދި 16 ގައި އަންނަ ތިންވަނަ ގްރޫޕް އަންނާނީ ސައުދީ އެއަރލައިންސްގެ ފްލައިޓެއްގައެވެ.

މިއަހަރު ރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރުމަށް 1000 ހައްޖުވެރިން ގޮސްފައިވެއެވެ.

MMA_Ads
HajjCop_ads
Advertisement

ހައްޖުވެރިން އެނބުރި އަންނަ ދުވަސްވަރކީ އެކި ކަހަލަ ރޯގާތައް އާންމުވާ ދުވަސްވަރެކެވެ. އެކަން ފާހަގަކުރައްވާ ޕީއެސްއެމްގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން، ޓްރީޓޮޕްގެ އެސިސްޓެންޓް މެޑިކަލް ޑިރެކްޓަރު، ކޮންސަލްޓެންޓް ފެމިލީ މެޑިސިން، ޑރ. އިބްރާހީމް އިޔާޒު ވަނީ ހައްޖުވެރިން އެނބުރި ރާއްޖެ އަންނަތާ ދެ ހަފުތާ ވަންދެން އާއިލާއާއެކު އެއްވުންތައް ނުބޭއްވުމަށް އިލްތިމާސް ކުރައްވާފައެވެ.

އަދި އެޗްޕީއޭގެ ޕަބްލިކް ހެލްތް ކޯޑިނޭޓަރު މުހައްމަދު ހަމްޒަތު ފާހަގަކުރެއްވި ގޮތުގައި، މިއަހަރު ރާއްޖޭގައި އާންމު ރޯގާތައް އިތުރުވެފައިވެއެވެ. މީގެ ތެރޭގައި އިންފްލުއެންޒާ، ކޮވިޑް-19 އަދި ވައިރަލް ފީވަރ ހިމެނެއެވެ. ހަމައެހެންމެ ހައްޖުވެރިންނާއި އުމްރާވެރިން އެނބުރި ރާއްޖެ އަންނަ ދުވަސްވަރަކީ މިފަދަ އާންމު ރޯގާތައް އިތުރުވާ ދުވަސްވަރެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެހެންކަމުން، ހައްޖުވެރިން އެނބުރި އައުމާއެކު އާންމު ޞިއްޙަތަށް ސަމާލުކަން ދިނުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މިއަހަރުގެ 2 ވަނަ ހެލްތް ކޭމްޕް ލ. ގަމުގައި ބާއްވަނީ

hulhumale hospital

ހުޅުމާޅެ ހޮސްޕިޓަލުގައި ހައްޖުވެރިންނަށް ހާއްސަ ފްލޫ ކްލިނިކެއް ހުޅުވައިފި

hajj umra

ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓުގައި 241 ޙައްޖުވެރިން ރާއްޖެ އަތުވެއްޖެ

Hajj & Umra

ދިވެހި ހައްޖުވެރިން މިއަދުން ފެށިގެން އެނބުރި ރާއްޖެ އަންނަން ފަށާނެ