ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓްރީ ޓޮޕް ހޮސްޕިޓަލުގެ 7 ވަނަ އަހަރީ ދުވަހާއި ގުޅިގެން ޚާއްސަ ޑިސްކައުންޓްތަކެއް

Maldivian_Ads
TTH_Ads
STO_Ads
Advertisement

2018 ވަނަ އަހަރުގެ މާޗް 1 ވަނަ ދުވަހު ޚިދުމަތް ފެށި ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ. މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ޚިދުމަތްތައް ތަޢާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ޤައުމުތަކަށް ޞިއްޙީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ޞިއްޙީ ޚިދުމަތުގެ ޚަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ޙިދުމަތްތަކާއި އެކު، ޓްރީޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ސްޕެޟިއަލިސްޓުންނާއި ސިއްޙީ ދާއިރާގައި އެކި ނަން މަޟްހޫރު ދާއިރާތަކުން ޙާއްސްވެފައިވާ ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ޟިއްހީ ޙިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.

210 އެނދުގެ ކެޕޭސިޓީއާއެކު ހިދުމަތްދޭ މި ހޮސްޕިޓަލުގައި 30 އަށްވުރެ ގިނަ ސްޕެޝަލިސްޓް ދާއިރާތަކުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމެއް މަސައްކަތްކުރެއެވެ. މީގެ އިތުރުން އައި.ސީ.ޔޫ، ކެތް ލެބް، އެން.އައި.ސީ.ޔޫ، އެޗް.ޑީ.ޔޫ، ފާޓިލިޓީ ސެންޓަރ، ޑަޔަލިސިސް އަދި ކީމޯތެރަޕީގެ ޚިދުމަތްވެސް މި ހޮސްޕިޓަލުން ފޯރުކޮށްދެއެވެ.

 

HajjCop_ads
Advertisement

ވޭތުވެދިޔަ އަހަރަކީ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގިނަ ކާމިޔާބީތަކެއް ހޯދި އަހަރެކެވެ. މީގެ ތެރޭގައި:

  • ފުރަތަމަ ފަހަރަށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ އައި.ވީ.އެފް މެދުވެރިކޮށް ކުއްޖަކު ވިހެއުމާއި، އައި.ވީ.އެފް ޚިދުމަތުގެ އިތުރު ކާމިޔާބީ
  • 1,000 އަށްވުރެ ގިނަ ކަކުލު ހުޅު ބަދަލުކުރުމުގެ ސަރޖަރީ ކާމިޔާބުކުރުން
  • ރާއްޖޭގައި ފުރަތަމަ ފަހަރަށް ލީޑްލެސް ޕޭސްމޭކަރެއް ލެއްވުން
  • އާދަޔާ ޚިލާފަށް ބޮޑު ޕެރޯޓިޑް ޓިއުމަރެއް ނައްތާލުމަށް ކޮމްޕްލެކްސް ސާޖަރީއެއް ކާމިޔާބުކުރުން
  • ފުރަތަމަ ފަހަރަށް ރީނަލް އެންޖިއޯޕްލާސްޓީ (ބެދިފައި ނުވަތަ ބްލޮކްވެފައިވާ ހިތުގެ ލޭހޮޅި ފުޅާކުރާ) ޕްރޮސީޖަރ ކާމިޔާބުކުރުން
  • ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހެލްތް ކޭމްޕް ބާއްވައި، 1500 އަށްވުރެ ގިނަ މީހުންނަށް ކޮންސަލްޓަންޓް ޑޮކްޓަރުންނަށް ދައްކާފައިވޭ
  • ގޭގައި ތިބެގެން ހެދޭ ހޯމްކެއަރ ފިޒިއޯތެރަޕީ ޚިދުމަތް ތަޢާރަފް ކުރުން
  • ގޭގައި ތިބެގެން ހެދޭ ޑަޔަލިސިސް (ޕެރިޓޯނިއެލް ޑަޔަލިސިސް) ތަޢާރަފް ކުރުން
  • ޕްރިއިމަރި ހެލްތްކެއަރ ނުވަތަ ފެމިލީ މެޑިސިން ޚިދުމަތް ޓީ.ޓީ.އެޗް މާލެ ކްލިނިކަށް ފުޅާކުރުން

އަހަރީ ދުވަހުގެ ޑިސްކައުންޓްތައް

7 ވަނަ އަހަރީ ދުވަހާ ގުޅިގެން މާޗު 1 އިން 7 އަށް

  • ސީޓީ ސްކޭން އަދި އެމް.އާރް.އައި ޚިދުމަތުން %15 ޑިސްކައުންޓް
  • ބޯން މިނަރަލް ޑެންސިޓީ ޓެސްޓްތަކުން %10 ޑިސްކައުންޓް

މާޗު 8 އިން 14 އަށް

  • ހަންގަނޑު ތާޒާ ކުރުން ނުވަތަ ސްކިން ރިޖޫވިނޭޝަން ޚިދުމަތުން %20 ގެ ޑިސްކައުންޓް
  • އެކްނީ ސްކަރ ޓްރީޓްމަންޓް ނުވަތަ އޮށާޅަ ލަކުނު ފިލުވުމުގެ ޚިދުމަތުން %20 ޑިސްކައުންޓް
  • ޓެޓޫ ފިލުވުމުގެ ޚިދުމަތްތަކުން %20 ޑިސްކައުންޓް

މާޗު 15 އިން 31 އަށް

  • ސްކޭލިންގ ނުވަތަ ދަތް ސާފުކުރުމުގެ ޚިދުމަތުން %15 ޑިސްކައުންޓް
  • ބްލީޗިންގ ނުވަތަ ދަތް ހުދުކުރުމުގެ ޚިދުމަތުން %15 ޑިސްކައުންޓް
  • ފިޝާ ސީލަންޓް ނުވަތަ ފުޓުނި އެޅުމުގެ ޚިދުމަތުން %15 ޑިސްކައުންޓް

އިތުރު މަޢުލޫމާތު ހޯދުމަށް 3351630 އަށް ގުޅުއްވާ ނުވަތަ[email protected]  އަށް އީމެއިލް ކުރެއްވުމަށް އެހޮސްޕިޓަލުން އެދެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

tree top

ޓްރީ ޓޮޕް ހޮސްޕިޓަލުން ނާސިން ސްކޮލަޝިޕްގެ ފުރުސަތުތަކަށް ހުޅުވާލަނީ

ސާކް-އޭއޭ ކޮންފަރެންސްގެ ޕްރީ-ކޮންފަރެންސް ވޯކްޝޮޕް ޓްރީ ޓޮޕް ހޮސްޕިޓަލުން ކާމިޔާބުކަމާއެކު ބާއްވައިފި

tree top

SAARC-AA ކޮންފަރެންސްގެ އިބްތިދާއީ ވޯކްޝޮޕެއް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ބާއްވަނީ

ހޭނައްތާ ޑޮކްޓަރުންގެ 15 ވަނަ ސަރަހައްދީ ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ނިންމައިފި