ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިވެހި ހުރިހާ ޙައްޖާޖީން ތިބީ މިނާގައި، ހާލު ރަނގަޅު

STO_Ads
Maldivian_Ads
TTH_Ads
Advertisement

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ވަޑައިގެންނެވި ދިވެހި ހުރިހާ ޙައްޖުވެރިން މިހާރު މިނާއަށް ވަޑައިގެންފައިވެއެވެ. ޙައްޖުވެރިން މިނާއަށް ވަޑައިގެންފައިވަނީ އިއްޔެ ރޭގެ ވަގުތެއްގައެވެ.

ރާއްޖެއިން މިއަހަރު ޙައްޖަށް ވަޑައިގެންނެވި 1000 ޙައްޖާޖީން، ހޮޓަލުން މިނާއަށް ދަތުރުކުރެއްވީ 21 ބަހުހުގައެވެ. މިވަގުތު ހުރިހާ ޙައްޖާޖީންގެ ޙާލުވެސް ޖުމްލަގޮތެއްގައި ރަނގަޅުކަމަށް ވަނީ އަންގަވާފައެވެ.

މިއަހަރުގެ މިނާގެ އިންތިޒާމުތަކަކީ މީގެކުރިން ދުވަހަކުވެސް ދިވެހި ޙާޖީންނަށް ހަމަޖެހިފައިނުވާ ފެންވަރުގެ އިންތިޒާމުތަކެކެވެ. އެގޮތުން މިއަހަރު ހުރިހާ ދިވެހި ޙައްޖާޖީން ހުންނަވާނީ، ދިވެހީންނަށް ޚާއްޞަ ފޭލިގެތަކުގައެވެ. އެހެން އިތުރު އެއްވެސް ޤައުމެއްގެ ޙާޖީންނެއް އެތަނުގައި ނުތިއްބަވާނެއެވެ.

HajjCop_ads
Advertisement

މިނާގެ އިންތިޒާމުތައް މިއަހަރު ރަނގަޅުވެފައިވަނީ، ރައީސް ގެ ޚާއްޞަ އިރުޝާދުގެ ދަށުން، ދިވެހި ޙާޖީންނަށް ފޯރުކޮށްދެވޭ ޚިދުމަތުގެ ކެޓަގަރީ މަތިކުރެވުމުގެ ސަބަބުންނެވެ. މީގެކުރިން ދިވެހި ޙާޖީންނަށް ދެމުންދިޔަ ސީ ކެޓަގަރީގެ ޚިދުމަތުގެ ބަދަލުގައި މިއަހަރު ޚިދުމަތް ދެވެނީ ބީ ކެޓަގަރީގައެވެ.

މިނާގެ އިންތިޒާމުތަކުގެ ފުރިހަމަކަމާމެދު ޙައްޖާޖީން ވަރަށް ހިތްހަމަޖެހިވަޑައިގެންފައިވާކަން ފާހަގަކުރެވެއެވެ. ޙާޖީން ފާހަގަކުރެއްވިގޮތުގައި މިނާގައި ތިއްބެވުމުގެ އިންތިޒާމުތަކާމެދު މީގެކުރިން އަޑުއިވިފައިވާ ވާހަކަތަކާއި، މިއަހަރުގެ އިންތިޒާމުތައް ވަރަށް ތަފާތެވެ. މިއީ އުންމީދު ކުރެއްވި ފެންވަރަށްވުރެވެސް ރަނގަޅު ފެންވަރުގެ ޚިދުމަތްތަކެއްގެގޮތުގައި ޙާޖީން ސިފަކުރައްވައެވެ.

މިއަހަރު ޙާޖީންގެ ފޭލިގެތަކުގައި ތިއްބެވުމުގެ އިންތިޒާމުތަކުގެ އިތުރުން، ކެއުމުގެ ފެންވަރުވެސް އެތައް ގުނައެއް ރަނގަޅުކަން ފާހަގަކުރެވެއެވެ. އެގޮތުން މީގެކުރިން ޕާރުސަލުތަކުގައި ޙާޖީންނަށް ކެއުން ބެހުނުނަމަވެސް، މިއަހަރު ޙާޖީންނަށް ކެއުމުގެ ކަންކަން އިންތިޒާމުކޮށްފައިވަނީ ބުފޭ އުސޫލުންނެވެ.

މީގެއިތުރުން ކޮންމެ ވަގުތެއްގައިވެސް ޙާޖީން ބޭނުންފުޅުވެއްޖެނަމަ ކެއްކެވޭނެ އިތުރު އިންތިޒާމުތައްވެސް ވަނީ ހަމަޖައްސަވާފައެވެ. އެގޮތުން ފޭލިގެތަކުގެ އެތެރޭގައި ހުރިހާ ވަގުތެއްގައި އައިސްކްރީމާއި، އެނޫންވެސް ކެއުންތަކާއި ބުއިންތައް ލިބިވަޑައިގަންނަވާނެ އިންތިޒާމުވެސް ހުރީ ހަމަޖައްސަވާފައެވެ.

އަދި މިއަހަރު ދިވެހި ޙައްޖާޖީން ބޭނުންކުރައްވާނީ ދިވެހީންނަށް ޚާއްޞަ ފާޚާނާތަކެވެ. މިއީވެސް މިއަހަރުގެ އިންތިޒާމުތަކުގެ ފުރިހަމަކަން ހާމަވާކަމެއްގެގޮތުގައި ޙައްޖާޖީން ދަނީ ފާހަގަކުރައްވަމުންނެވެ.

މިނާގައި ޙައްޖާޖީން މިއަދު މަޑުކުރެއްވުމަށްފަހު މިރޭ ދަތުރުކުރައްވާނީ އަރަފާތަށެވެ. އަރަފާތާއި މުޒްދަލިފާގައި މަޑުކުރެއްވުމަށްފަހު އަނެއްކާވެސް އެނބުރި ވަޑައިގަންނަވާނީ މިނާއަށެވެ. އެގޮތުން ޙައްޖު މަހުގެ 11، 12 އަދި 13 ވަނަ ދުވަސްވެސް ހޭދަކުރައްވާނީ މިނާގައެވެ.

މިއަހަރުގެ ޙައްޖުގެ އިންތިޒާމުތަކުގެ ފުރިހަމަކަމާއި، ޚިދުމަތްތަކުގެ ފެންވަރު މަތިވެފައިވާކަން ޙާޖީންގެ ފަރާތުން ލިބޭ މަޢުލޫމާތުން އެނގެއެވެ. މިކަމަކީ ދިވެހި ޙާޖީންނަށް ޙައްޖުގެ އަޅުކަން އަދާކުރުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމެއްކަން ފާހަގަކުރެވެއެވެ. އަދި މިފަދަ ރަނގަޅު އިންތިޒާމުތަކެއްގެ ތެރެއިން ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ލިބުމަކީ ދިވެހި ޙާޖީންނަށް ލިބިގެންދާ ވަރަށް ބޮޑު ނިޢުމަތެކެވެ.

ދިވެހި ޙާޖީންނަށް މިފަދަ ފުރިހަމަ އިންތިޒާމުތަކެއް ހަމަޖެހިގެން ދިއުމަކީ ދައުލަތުގެ އިސްވެރިންގެ މަސައްކަތްޕުޅާއި، ސަޢޫދީ ސަރުކާރުގެ އެހީތެރިކަމާއެކު ވެގެންދިޔަ ކަމެއްކަން ފާހަގަކުރަމެވެ. މިފަދަ ރަނގަޅު އިންތިޒާމުތަކެއްގެ ތެރެއިން ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ލިބުމަކީ ހުރިހާ ދިވެހި ޙާޖީންނަށްވެސް ލިބިގެންދާ ވަރަށް ބޮޑު އުފަލެއްކަން ޝައްކެއްނެތެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

F19d4768 8c6d 41a6 b4bf 61b657da81a3

މަސައްކަތް ކުރެވޭނީ އެއްބަޔަކު އަނެއްބަޔަކާ ގުޅިގެން: ޑރ. ޝަހީމް

HTHjaePbgAAYYkh

ޖަމިއްޔާތަކުގެ އަހަރީ ބައްދަލުވުން ފަށައިފި

43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ފުރަތަމަ ފަހަރަށް ރާއްޖެވަޑައިގަންނަވަނީ

6145618908455572273

ނަޑެއްލާއާއި ހޯނޑެއްދޫގައި މިސްކިތް އަޅަން އަމިއްލަ 2 ކުންފުންޏަކަށް