ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބަނގުރަލުގެ ވިޔަފާރިކުރި ތިން މީހުން ޑީޕޯޓްކޮށްލަނީ

Baaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
TTH_Ads
STO_Ads

ބަނގުރަލުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު އިންޑިއާގެ ތިން ރައްޔިތުން ޑީޕޯޓުކުރުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި، މި މައްސަލައިގައި ހައްޔަރުކުރެވުނީ ސަހަޔާ އަޖިން ފްރެންޗިސް (27އ)، ކަރުއްޕިއަހް ސުއްބައިއާ (52އ) އަދި ސައުތަރާ ރަޖަން އަނަންޗާ ޕެރުމަލް (49އ) އެވެ. މި ތިން މީހުން ހައްޔަރުކުރެވިފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގުނު އޮޕަރޭޝަނެއްގައެވެ.

ފުލުހުން ބުނީ، މި މަހުގެ 26 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި މާލޭ މަގުމަތިން އެ ތިން މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު ތިން ފުޅި ބަނގުރާ ފެނިފައިވާ ކަމަށާއި އަދި އޭގެ އިތުރުން، ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 30 ފުޅިއާއި 5 ލީޓަރުގެ ތިން ފުޅިވެސް އެ އޮޕަރޭޝަނުގައި ފެނިފައިވާ ކަމަށެވެ.

Maldivian_Ads

ދިވެހިރާއްޖޭގައި ބަނގުރަލަކީ މަނާ އެއްޗެއް ކަމަށްވެފައި، ބިދޭސީން މިފަދަ ކުށްތަކުގައި ހައްޔަރުވުމުން އާންމު އުސޫލުން ޑީޕޯޓުކުރެވެއެވެ. މި މައްސަލައިގައިވެސް ހައްޔަރުކުރެވުނު ތިން މީހުން ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

tourist

ޓޫރިސްޓް ވިސާ ފަސޭހަކަމާއެކު އިތުރުކުރެވޭނެ ގޮތް ހަދައިފި

1 3c1b7fefbc

ފައިނޭންޝަލް ކުށްތައް ދެނެގަނެ ތަހުގީގު ކުރުމުގައި ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކޮށްފި

ދަނާލުގައި ނިޔާވި މީހާ ފުލުހުންނަށް ގުޅިކަމަށްބުނެ ފެތުރެމުންދަނީ ހަގީގަތާ ޚިލާފު ވާހަކަަތަކެއް: އިޙްސާން

Police vcle

ސައިކަލެއްގައި ރޯކޮށްލި މައްސަލައިގައި ދެމީހަކު ހައްޔަރުކޮށްފި