ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖެނީންއަށް ޒިޔާރަތްކުރި އީޔޫ ޑިޕްލޮމޭޓުންގެ ވަފުދާދިމާއަށް އިސްރާއީލު ސިފައިން ބަޑިޖެހި މައްސަލަ އިތުރަށް ހޫނުވަނީ

STO_Ads
TTH_Ads
Advertisement

ހުޅަނގު އައްސޭރީގެ ޖެނީން ސިޓީއަށް ޒިޔާރަތްކުރި ޔޫރަޕް އިއްތިހާދުގެ ޑިޕްލޮމޭޓުންގެ ވަފުދެއްގެ މެމްބަރުންނާ ދިމާއަށް ޒަޔަނިސްޓު އިސްރާއީލު ސިފައިން ބަޑިޖެހި މައްސަލަ އިތުރަށް ހޫނުވެ، އެތައް ގައުމަކުން އިސްރާއީލު ކުށްވެރިކުރަން ފަށައިފިއެވެ.

އިސްރާއީލު ސިފައިން އީޔޫގެ ޑިޕްލޮމޭޓުންނާ ދިމާއަށް ބަޑިޖަހާފައިވަނީ ޖެނީން ރެފިއުޖީ ކޭމްޕަށް ވަންނަ ގޭޓު ކައިރިންނެވެ. މިކަން ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.

ޔޫރަޕް އިއްތިހާދުގެ ޑިޕްލޮމޭޓުންގެ ވަފުދެއް ޖެނީން ރެފިއުޖީ ކޭމްޕަށް ޒިޔާރަތްކުރީ، އެ ކޭމްޕްގެ އިންސާނީ ހާލަތު ދެނެގަނެ، އާންމުންނާ ވާހަކަ ދެއްކުމަށްޓަކައެވެ.

MMA_Ads
HajjCop_ads
Advertisement

މިވަފުދުގައި، ޔޫރަޕާއި އަރަބި ގައުމުތަކުގެ އެމްބަސެޑަރުންނާއި، ކޮންސަލްސްއިން ހިމެނެއެވެ.

ޒަޔަނިސްޓު އިސްރާއީލު ސިފައިން ޖެނީން ސިޓީ އަދި ޖެނީން ރެފިއުޖީ ކޭމްޕަށް ހަމަލާދީ، އެ ކޭމްޕުން 22،000 މީހުން ގަދަކަމުން ބޭރުކޮށް، ކޭމްޕް ބަންދުކޮށް، ލާއިންސާނީ ޖަރީމާތައް ހިންގަމުން ގެންދާތާ އެތައް ދުވަހެއް ވެއްޖެއެވެ.

އެކަމާހެދި، ރެފިއުޖީ ކޭމްޕްގެ ހާލަތު ބަލަންދިޔަ އީޔޫގެ ވަފުދު، ރެފިއުޖީ ކޭމްޕްގެ މައި ގޭޓާ ގާތްވިވަގުތު އެ ވަފުދަށް އަސްލު ވަޒަން ބޭނުންކޮށްގެން ބަޑިޖަހާފައިވަނީ އެ ކޭމްޕްގެ އިރުމަތީ ދޮރާށި ކައިރީގައި ތިބި ސިފައިންގެ ބައެކެވެ.

އީޔޫގެ ޑިޕްލޮމޭޓުންގެ އިތުރުން، އެމީހުންނާއެކު ދިޔަ ނޫސްވެރިންނަށްވެސް ހަމަލާ އަމާޒުވިއެވެ.

ޑިޕްލޮމޭޓުންނާ ދިމާއަށް ބަޑިޖެހި މައްސަލަ ކުށްވެރިކޮށް، ފަލަސްތީނު ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އިސްރާއީލަކީ ބައިނަލްއަގްވާމީ އެއްވެސް ގާނޫނަކަށް ކިޔަމަންނުވާ އަދި ފަލަސްތީނުގެ އިސްތިގްލާލަށް އެއްވެސް ހުރުމަތެއް ނުބަހައްޓާ ބައެއްކަން އިތުރަށް ހަމަވެގެން ގޮސްފައިވާ ކަމަށެވެ.

އަދި އިސްރާއީލުގެ މި އަމަލު ކުށްވެރިކޮށް، އަދި ފިޔަވަޅު އެޅުމަށް، ހަމަލާ އަމާޒުވި ޑިޕްލޮމޭޓުން ނިސްބަތްވާ ގައުމުތަކަށް ފަލަސްތީނު ސަރުކާރުންވަނީ ގޮވާލާފައެވެ.

އިސްރާއީލު ސިފައިން ބަޑިޖެހި މައްސަލަ ކުށްވެރިކޮށް ބަޔާން ނެރުނު ގައުމުތަކުގެ ތެރޭގައި، ކެނެޑާ، ޔޫކޭ، އަޔަރލޭންޑް، އިޓަލީ، ނެދަރލޭންޑްސް، ފްރާންސް، ފިންލެންޑް، ޑެންމާކް،

ބެލްޖިއަމް، ނޯރވޭ، ޕޯޗުގަލް، ޖާރމަނީ، ސްލޮވީނިއާ، ޖޯރޑަން، ގަތަރު، ތުރުކިޔޭ، އީޖިޕްޓް، އުރުގުއޭ، މެކްސިކޯ ހިމެނެއެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ލުބުނާނުގެ ދެކުނުގެ އެތައް ރަށަކުން އާންމުން ފޭބުމަށް އިސްތިއުމާރީ ސިފައިން އިންޒާރުދެނީ، ހަމަލާތައް ހުއްޓާނުލާ

އީރާނުން ދިން ހަމަލާތަކުން ޒަޔަނިސްޓުންނާއި އެމީހުންގެ ސަޕޯޓަރުން ފިލާވަޅު ލިބިގަންނަންޖެހޭ: އީރާނު އަސްކަރިއްޔާ

އީރާނުން އިސްރާއީލުގެ އުތުރަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދިނުން: އީރާނުން އަންގަނީ މިއީ ހަމައެކަނި އިންޒާރެއް ކަމަށް

ޣައްޒާގައި ބާކީތިބި މީސްކޮޅުވެސް މަރައިހުސްކުރަނީ، ޣައްޒާގެ ނަސްލުނައްތާލަނީކަމަށް ހުޅަނގުން ނުދެކޭ