ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަނގުރާމަ ހުއްޓާލުމަށް، ނަތަންޔާހޫ އަނެއްކާވެސް ހަރުކަށި ޝަރުތުތަކެއް ކުރިމަތިކޮށްފި

STO_Ads
TTH_Ads
Maldivian_Ads
Advertisement

ޣައްޒާ ހަނގުރާމަ ހުއްޓާލަން، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަނެއްކާވެސް ހަރުކަށި ޝަރުތުތަކެއް ކުރިމަތިކޮށްފިއެވެ.

އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި، ހަމާސްއާއެކު އެއްބަސްވުމަކަށް ދިއުމަށް ބޭނުންވާ ކަމުގެ އިޝާރާތެއް ނަތަންޔާހޫ ވަނީ ކޮށްފައެވެ.

އެގޮތުން، ޣައްޒާ ހަނގުރާމަ ހުއްޓާލަފާނެ ކަމުގެ އިޝާރާތެއްކޮށް، އަދި އެކަމަށް ހަރުކަށި ޝަރުތުތަކެއްވެސް ކަނޑައަޅާފައި ވެއެވެ.

HajjCop_ads
Advertisement

ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ގަތަރުގައި އިސްރާއީލުގެ ޓީމުން ކުރަމުންދާ މަޝްވަރާތަކުގައި އެކި ތަފާތު ގޮތްގޮތް ބަލަމުންދާ ކަމަށެވެ.

އޭގެ ތެރޭގައި، އެމެރިކާގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް ހުށަހަޅާފައިވާ، އިސްރާއީލުގެ ހުރިހާ އަސީރުން މިނިވަން ކުރުމާއެކު ކުރު މުއްދަތަކަށް ހަމަލާތައް ހުއްޓާލުމުގެ ޕްރޮޕޯޒަލްއާއި، ފުރިހަމަ އެއްބަސްވުމެއްގެ ތެރެއިން ހަނގުރާމަ ނިމުމަކަށް ގެނައުންވެސް ހިމެނޭ ކަމަށް ބުނެފައި ވެއެވެ.

އެގޮތުން ހަދާ ކޮންމެ އެއްބަސްމެއްގެ ދަށުން، ހަމާސް ޣައްޒާއިން ބޭރުވާންޖެހޭނެ ކަމަށާއި، ހަމަ އެއާއެކު، ޣައްޒާއަކީ ހަތިޔާރު ނެތް ރަކަށް ހެދެންވާނެ ކަމަށް، ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ޣައްޒާ އޮންނަނީ ހަމާސްގެ ބާރުގެދަށުގައި ނަމަވެސް، އިސްރާއީލާއި އެމެރިކާއިން ގެންދަނީ ޣައްޒާއިން ހަމާސް ބޭރުކޮށްލަން ތަފާތު ޕްލޭންތައް ހަދަމުންނެވެ.

ނަމަވެސް، ހަމަލާތައް ހުއްޓާލުމަށް ނުވަތަ ހަނގުރާމަ ހުއްޓާލުމުގެ ޝަރުތަކަށް ހަމާސް ޣައްޒާއިން ބޭރުވުމަށް ކަނޑައެޅުމަކީ ހަމާސްއިން ފެށުނީއްސުރެން ދެކޮޅު ހަދަމުން އަންނަ ކަމެކެވެ.

ހަމާސްއިން ބުނަމުންގެންދަނީ، ޣައްޒާއިން ހަމާސް ބޭރުވުމަކީ މަޝްވަރާވެސް ކުރަން ބޭނުންވާ ނުކުތާއެއް ނޫން ކަމަށެވެ.

ހަމާސްއިން މަސައްކަތް ކުރަމުން ގެންދަނީ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލައި އަދި ދާއިމަށް ހަނގުރާމަ ހުއްޓާލުމަށް ފަހު އިސްރާއީލު ސިފައިންވެސް ޣައްޒާއިން ފައިބައިގެން ދިއުމަށެވެ. ނަމަވެސް، އިސްރާއީލުން މިއިން އެއްވެސް ކަމަކާ އެއްބަހެއް ނުވެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުޅަނގު އައްސޭރީގެ އެކި ސަރަޙައްދުތަކަށް ޔަހޫދީ ސިފައިން ވަދެ 20 މީހަކު ހައްޔަރުކޮށްފި

ޣައްޒާ ނަސްލުނައްތާލުމުގައި ޖަރުމަނު ބައިވެރިވާ މައްސަލައިގެ އަޑުއެހުންތައް އައިސީޖޭގައި ފަށައިފި

އެމެރިކާގެ ފެހި ސިގުނަލް ލިބުމާއެކު ޣައްޒާއިން “އެންމެން ބޭރުކުރަން” މިތިބީ ތައްޔާރަށް: އިސްރާއީލު

ޣައްޒާގެ ނަސްލު ނެތިކޮށްލުމުގެކުރިން ފިޔަވަޅު އަޅައިދޭން އެދި ދެކުނު އެފްރިކާއިން އައިސީޖޭއަށް