ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިރުތިޝާމް އައިއެމްއޯގެ މަންދޫބުކަމުގެ ފަތްކޮޅު ސެކެޓްރީ ޖެނެރަލަށް އަރުވައިފި

90
Maldivian_Ads
STO_Ads
TTH_Ads
Advertisement

އިންޓަނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަން (އައިއެމްއޯ)އަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު އަދި ހައި ކޮމިޝަނަރު އިރުތިޝާމް އާދަމްގެ މަންދޫބުކަމުގެ ސިޓީ އައިއެމްއޯގެ ސެކެޓްރީ ޖެނެރަލް އާސެނިއޯ އެންޓޯނިއޯ ޑޮމިންގުއެޒް ވެލަސްކޯއަށް މިއަދު އަރުވައިފިއެވެ.

އައިއެމްއޯގެ މައި މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކޮމިޝަނަރު އިރުތިޝާމް ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަލާމާއި ތަހުނިޔާ އައިއެމްއޯގެ ސެކްރެޓަރީ ޖެނެރަލަށް ދަންނަވާފައެވެ.

އެ ޖަމިއްޔާއެކު ގުޅުން ބަދަހިކުރުމަށާއި އެ ޖަމްޢިއްޔާގެ އިސްނެގުންތަކުގައި ޢަމަލީގޮތުން ބައިވެރިވެ، ކަންކަމުގައި ޤާބިލުކަން އިތުރުކުރުމަށް ދިވެހި ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެ ކަމަނާ ވަނީ ދެއްވާފައެވެ.

HajjCop_ads
Advertisement

ސެކްރެޓަރީ ޖެނެރަލް ވަނީ އިރުތިޝާމްގެ އައު މަޤާމަށް މަރުޙަބާ ދަންވަނަވައި، ދެ ގައުމުގެ މަޞްލަޙަތު އެކުލެވޭ އެކި ދާއިރާތަކުގައި ދިވެހިރާއްޖެއަށް އައިއެމްއޯ އިން އެހީތެރިކަން ފޯރުކޮށްދޭނެކަން ކަށަވަރުކޮށްދެއްވާފައެވެ.

އައިއެމްއޯއަކީ މާރިޗު 17، 1948 ގައި އުފެދުނު، އދ. ގެ ޚާއްޞަ އޭޖެންސީއެކެވެ. މި ޖަމްޢިއްޔާގެ މަސްއޫލިއްޔަތަކީ ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކުރުމާއި،އުޅަނދުފަހަރުން ކުރާ ކަނޑާއި ޖައްވުގެ ތަޣައްޔަރުކަން ހުއްޓުވުމެވެ.

މި ޖަމްޢިއްޔާގެ މަޤްޞަދަކީ ކަނޑުދަތުރުފަތުރުގެ ޞިނާޢަތަށް ހަމަހަމަ ހުރިހާ ޤައުމުތަކަކުން ޤަބޫލުކޮށް ތަންފީޒުކުރާ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމެވެ. މިހާރު އައިއެމްއޯގައި 174 މެމްބަރު ޤައުމާއި ތިން އެސޯސިއޭޓް މެމްބަރުން ހިމެނޭއިރު، ރާއްޖެއިން އައިއެމްއޯއާ ގުޅުނީ މެއި 31، 1967 ގައެވެ. އިރުތިޝާމްއަކީ ދިވެހިރާއްޖެ މެމްބަރަކަށްވީ ފަހުން އައިއެމްއޯ އަށް ކަނޑައެޅުނު ރާއްޖޭގެ ދެވަނަ ދާއިމީ މަންދޫބެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HQZ7Q17aQAAiLFz

ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ބައިވެރިވުން އިތުރުކުރުމަކީ މުހިންމު ސިޔާސަތެއް: ޚާރިޖީ ވަޒީރު

iruthishaam

އިރުތިޝާމް ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

Iruthisham

ރައީސްގެ ޚާރިޖީ ސިޔާސަތު ދުނިޔެއިން ބަލައިގަންނަކަން ހާމަވެއްޖެ

Iruthisham

ދިވެހި މަހުން ނަގާ ޓެރިފު ދާއިމީކޮށް ކަނޑައިލުމާމެދު އިނގިރޭސިވިލާތާއެކު ދަނީ މަޝްވަަރާކުރަމުން