ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ބައިވެރިވުން އިތުރުކުރުމަކީ މުހިންމު ސިޔާސަތެއް: ޚާރިޖީ ވަޒީރު

HQZ7Q17aQAAiLFz
Maldivian_Ads
TTH_Ads
STO_Ads
Advertisement

ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ބައިވެރިވުން އިތުރުކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތުކަމަށް ޚަރިޖީ ވަޒީރު އިރުތިޝާމާ އާދަމް ވިދާޅުވެއްޖެއެވެ.

ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026 އަދި އައިލެންޑް އިންވެސްޓްމަންޓް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންޚަރިޖީ ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު، ރާއްޖެއިން މަސައްކަތްކުރަމުން ދަނީ ބައިނަލްއަޤުވާމީ ދުނިޔެއާއި އޮންނަ ގުޅުން ބަދަހިކޮށް ރާއްޖޭގެ އަޑު އިއްވުމަށްކަމަށެވެ. އަދި އެކި ޕްލެޓްފޯމްތަކުގައި ރާއްޖެއަށް ލިބޭ ފުރުސަތުތައް ބޭނުންކުރުމަށް އިސްކަންދޭކަމަށް ވަޒީރު ވިދާޅުވިއެވެ. ޚާއްސަކޮށް ކުދި ޖަޒީރާ ޤައުމުތަކާއި ގުޅުން ހުރިކަންކަމުގައި ރާއްޖެއިން އަދާކުރަމުންދާ ދައުރަށް ވަޒީރު އަލިއަޅުވާލައްވަމުން ވަޒީރުވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކުދި ޖަޒީރާތަކަށް ކުރާ އަސަރުތަކާއި، މޫސުމީ ބަދަލުތަކަށް ހޭނުމަށް ވިލުންތެރިކަން އިތުރުކުރުމަށް ރާއްޖެއިން ކާމިޔާބުކަމާއިއެކު ވަކާލާތުކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި މޫސުމީ ބަދަލުތަކާއި ކުރިމަތިލާ، ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމުގައި ރާއްޖެއިން މުހިންމު ދައުރެއް އަދާކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް ފަދަ ޕްލެޓްފޯމްތަކަކީ ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް މުހިންމު ޕްލެޓްފޯމެއްކަން ފާހަގަކުރައްވާފައެވެ.

HajjCop_ads
Advertisement

މި ފޯރަމްއަކީ ކުދި ޖަޒީރާ ޤައުމުތަކުގެ ވިލުންތެރިކަން އިތުރުކޮށް ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލުމުގައި ކުދި ޤައުމުތަކުން ދައްކާފައިވަނީ ރަނގަޅު ނަމޫނާއެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

 ސިޑްސް ބިޒްނަސް ގްލޯބަލް ފޯރަމް ވެފައިވަނީ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް އަދި ގުޅުން ބަަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް.

ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ހާރަށްވުރެ ދެމެހެއްޓެނެވި ގޮތަކަށް ހަކަތަ ބޭނުންކުރުމާއި، މިހާރަށްވުރެ ފެހި ވިލުންތެރި ރާއްޖެއެއް ބިނާކުރުމަށް މަސައްކަތްކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. މިއަދު ފެށި ފޯރަމްގެ އެހީގައި ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް، އިންވެސްޓަރުން ހޯދުމަށާއި، އެކުގައި މަސައްކަތްކުރުމަށް މަގުފަހިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ރާއްޖެއަކީ ކުޑަ އިޤްތިސާދަކަށްވިޔަސް ރާއްޖޭގެ އިޤްތިޞާދަކީވެސް ޝައުގުވެރި އިޤްތިޞާދެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

iruthishaam adam

ސިޑްސް ޤައުމުތަކަށް ކާރިސާތަކަށް ތައްޔާރުވުމަށް ފައިނޭންސިންގ ބޭނުންވޭ: އިރުތިޝާމް

Foreign ministry

ފަލަސްޠީނުގެ ބިންތަކުން ރައްޔިތުން ނެރުމަށް ޔަހޫދީންކުރާ މަސައްކަތް ރާއްޖެއިން ކުށްވެރިކޮށްފި

iruthishaam minister

ޔަހޫދީންގެ ޣައިރު ޤާނޫނީ ޢަމަލުތައް ހުއްޓުވުމަށް އޯއައިސީގެ ދައުރު އިތުރަށް ފުޅާކުރަންޖެހޭ: އިރުތިޝާމް

Minister Iruthishaam

އޯއައިސީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ސައުދީއަށް