ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު އިންޑިއާއަށް

Iruthisham
STO_Ads
TTH_Ads
Advertisement

ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ރަސްމީ ދަތުރުފުޅެއްގައި އިންޑީއާއަށް ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ އިންޑިއާގެ ޚާރިޖީ ވަޒީރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ ޚާރިޖީ ވަޒީރުގެ ހައިސިއްޔަތުން އެކަމަނާ ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މި ދަތުރުފުޅުގައި ވަޒީރު އިރުތިޝާމް، އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ޖަޔަޝަންކަރާއެކު ރަސްމީ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ބައިލެޓަރަލް އަދި މަލްޓިލެޓަރަލް ގުޅުންތައް މުރާޖަޢާކޮށް، ދެ ފަރާތުގެ މަސްލަޙަތު ހުރި މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ލިބިގެންދާނެ ފުރުޞަތެއް ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.

HajjCop_ads
Advertisement

ވަޒީރުގެ އަރިހުގައި މި ދަތުރުފުޅުގައި އެޑިޝަނަލް ސެކްރެޓަރީ ޑރ. އިބްރާހީމް ޒުހުރީއާއި އެސިސްޓަންޓް ޑައިރެކްޓަރ އާމިނަތު ގުރައިޝާ ބައިވެރިވެވަޑައިގަންނަވައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެއްބަސްވުންތައް ގާއިމުކުރުމާއި ގުޅުންތައް ބަދަހިކުރުމުގައި ރާއްޖެ އޮތީ ތައްޔާރަށް: ޚާރިޖީ ވަޒީރު

Iruthisham

ބައިނަލްއަޤްވާމީ މައިދާނުގައި ހަރަކާތްތެރިވަމުންމިދަނީ ޤައުމީ މަސްލަހަތު އިސްކޮށްގެން: އިރުތިޝާމް

އިންޑިއާ މީހުން ރާއްޖެއަށް ޑްރަގް އެތެރެކުރާ މިންވަރު އިތުރުވާތީ އެޑްވައިޒަރީއެއް ނެރެފި

kulli khabaru

އިންޑިޔާއިން ނެގި 400 މިލިޔަން ޑޮލަރުގެ ލޯނު ދައްކާ ޚަލާސްކޮށްފި