ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޔަހޫދީންގެ ޣައިރު ޤާނޫނީ ޢަމަލުތައް ހުއްޓުވުމަށް އޯއައިސީގެ ދައުރު އިތުރަށް ފުޅާކުރަންޖެހޭ: އިރުތިޝާމް

iruthishaam minister
STO_Ads
Maldivian_Ads
TTH_Ads
Advertisement

ޔަހޫދީ ދައުލަތުން ފަލަސްޠީނުގައި ހިންގަމުންދާ ޣައިރު ޤާނޫނީ ޢަމަލުތައް ހުއްޓުވުމަށް، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ދައުރު ފުޅާކުރުމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ގޮވާލައްވައިފިއެވެ.

ސައުދި ޢަރަބިއްޔާގެ ޖިއްދާގައި ބޭއްވި އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުން ވަޒީރު ވިދާޅުވީ، ފަލަސްޠީނުގެ ބިންތަކަކީ އެމީހުންގެ އަމިއްލަ މިލްކެއްކަމުގައި ޔަހޫދީ ދައުލަތުން ނިންމައި، އެ ބިންތައް ހިޞާރުކުރަމުންދާ ދިއުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަދި ޔަހޫދީ ދައުލަތުގެ މައްޗަށް ބައިނަލްއަޤްވާމީ ޤާނޫނުތައް ތަންފީޒުކުރުމަށް އެކަށޭނެ ފިޔަވަޅު އަޅާފައިނުވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

މި ބައްދަލުވުމަކީ ޤައްޒާގެ ސުލްހައިގެ މަގުޗާޓު ތަންފީޒުކުރުމަށް ޔަހޫދީ ދައުލަތުން ފާޅުގައި ދެކޮޅު ހަދަމުންދާތީ، ސައުދި ޢަރަބިއްޔާ އިސްވެ ބޭއްވި ބައްދަލުވުމެކެވެ. ވަޒީރު ވަނީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްޠީނު ޤާއިމުކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި “ކޮމްޕްރިހެންސިވް ޕްލޭން ޓު އެންޑް ދަ ޤާޒާ ކޮންފްލިކްޓް” ތަންފީޒުކުރުމަށްވެސް ގޮވާލެއްވިއެވެ.

HajjCop_ads
Advertisement

ބައްދަލުވުމުގެ ހަވާސާގައި ޚާރިޖީ ވަޒީރު ވަނީ ފަލަސްޠީނުގެ ޚާރިޖީ ވަޒީރު ވާރްސެން އަޤަބެކިއަން ހިމެނޭގޮތަށް، އިސްލާމީ ބައެއް ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ފަލަސްޠީނުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައި، ފަލަސްޠީނުގެ ރައްޔިތުންނާއެކު ދިވެހިން އަބަދުވެސް ތިބޭނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

ދިވެހިރާއްޖެއަކީ 1976 ވަނަ އަހަރުން ފެށިގެން 57 ޤައުމުގެ މައްޗަށް އެކުލެވިގެންވާ އޯއައިސީގެ މެންބަރު ޤައުމަކަށްވެފައި، މި ޖަމްޢިއްޔާގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ޤައުމެކެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HQZ7Q17aQAAiLFz

ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ބައިވެރިވުން އިތުރުކުރުމަކީ މުހިންމު ސިޔާސަތެއް: ޚާރިޖީ ވަޒީރު

iruthishaam

އިރުތިޝާމް ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

Iruthisham

ރައީސްގެ ޚާރިޖީ ސިޔާސަތު ދުނިޔެއިން ބަލައިގަންނަކަން ހާމަވެއްޖެ

Iruthisham

ދިވެހި މަހުން ނަގާ ޓެރިފު ދާއިމީކޮށް ކަނޑައިލުމާމެދު އިނގިރޭސިވިލާތާއެކު ދަނީ މަޝްވަަރާކުރަމުން