ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދުނިޔޭގެ ހަލުވި ކުރިއެރުމާއި ބަދަލުތަކަށް ދަރިން ތައްޔާރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ރައީސް މިހެން ވިދާޅުވީ ކުޑަކުދިންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ޝާއިޢުކުރެއްވި ޚާއްޞަ މެސެޖެއްގައެވެ. މި މެސެޖުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ކުޑަކުދިންނާއި އެކުދިންގެ ޢާއިލާތަކަށް ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވާފައެވެ.
Dr Mohamed Muizzu@MMuizzuދުނިޔެއަށް އަންނަމުންދާ ހަލުވި ކުރިއެރުމާއި ބޮޑެތި ބަދަލުތަކަށް ދަރީން ހޭލުންތެރި ކުރަން ޖެހޭ. މާދަމާ ދިވެހި ޤައުމީ ނަވައިގެން ނިޔާމަ ދަތުރެއް ކުރެވޭނެ ޤާބިލްކަމާއި ހިތްވަރު އެކުދިންނަށް ލިބޭނީ މިއަދު އަޅުގަނޑުމެން އެކަމަށް މަސައްކަތް ކޮށްދީގެން.
ދިވެހި ލޮބުވެތި ކުޑަކުދިންނާއި، …ރައީސް ޑރ. މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިއަދުގެ ކުޑަކުދިންނަކީ މާދަމާގެ ދިވެހި ޤައުމު ހިންގުމުގައި އިސް ދައުރެއް އަދާކުރާނެ ފަރާތްތަކެވެ. އެހެންކަމުން، އެކުދިންގެ މުސްތަޤުބަލު ބައްޓަންކުރުމަށްޓަކައި، މިއަދު އެކުދިންނަށް ބޭނުންވާ ޤާބިލުކަމާއި ހިތްވަރު ދިނުމަކީ މުހިންމު ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެ މެއި 10 ވަނަ ދުވަހަކީ ކުޑަކުދިންގެ ދުވަހެވެ. މިއަހަރުގެ ޝިޢާރަކީ "އުފާވެރި ގުޅުން، އުފާވެރި ވަގުތު، އުފާވެރި ކުދިން" އެވެ. މި ޝިޢާރުން އަލިއަޅުވާލަނީ މައިންބަފައިންނާއި ދަރިންގެ ދެމެދުގައި އޮންނަ ގުޅުމުގެ މުހިންމުކަމާއި، އެ ގުޅުމުން ކުދިންގެ ޝަޚްޞިއްޔަތު ބިނާވުމަށް ކުރާ އަސަރުގެ މައްޗަށެވެ. އަދި މިފަދަ ހަރުދަނާ ގުޅުމަކުން ކުދިންގެ އިޖުތިމާޢީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ އެދެވޭ އަސަރުތަކުގެ މައްޗަށެވެ.
ސަރުކާރުން ދަނީ ކުޑަކުދިންނަށް އަމާން އަދި ރައްކާތެރި މާޙައުލެއް ޤާއިމުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.