ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންޑިޔާއިން ޕާކިސްތާނަށް މިސައިލް ޙަމަލާއެއް ދީފި

TTH_Ads
Maldivian_Ads
STO_Ads
Advertisement

ދެކުނު އޭޝިޔާގެ ބޮޑު ދެ ބާރު ކަމުގައިވާ އިންޑިޔާއާއި ޕާކިސްތާނާ ދެމެދު ބޮޑު ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުހީވެފައިވަނިކޮށް އިންޑިޔާއިން ޕާކިސްތާނަށް ވަރުގަދަ މިސައިލް ޙަމަލާއެއް ދީފިއެވެ.

އިންޑިޔާގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޮޕަރޭޝަން ސިންދޫރުގެ ދަށުން ޕާކިސްތާނުގެ ނުވަ ސަރަޙައްދަކަށް ޙަމަލާ ދީފައިވާނެ ކަމަށެވެ. އަދި އެއީ އިންޑިޔާއާ ދެކޮޅު ހަނގުރާމަވެރިންނަށް ޢަމާޒުކޮށް ދިން ޙަމަލާއެއް ކަމަށާއި ޕާކިސްތާނުގެ އެއްވެސް އަސްކަރީ މަޤާމަކަށް ޙަމަލާ ދީފައި ނުވާނެ ކަމަށް ވެސް އިންޑިޔާއިން ބުނެފައިވެއެވެ. އެ ޤައުމުން ދެކޭ ގޮތުގައި ދާދިފަހުން ފަތުރުވެރިންގެ ބަޔަކަށް ދިން ޙަމަލާގެ ބަދަލު މިހާރު މި ވަނީ ހިފިފައެވެ.

އިންޑިޔާއިން ދިން ޙަމަލާގެ ސަބަބުން ތިން މީހުން މަރުވެ 12 މީހުން ވަނީ ޒަޚަމުވެފައެވެ. ނަމަވެސް ޕާކިސްތާނުގެ މުޒައްފަރުއާބާދުން ވަނީ ކަރަންޓު ކެނޑިފައެވެ. ޕާކިސްތާނުން ރައްދުގައި ވަރުގަދަ ޙަމަލާއެއް އިންޑިޔާއަށް ދޭނެ ކަމަށެވެ. އަދި އިންޑިޔާގެ ޙަމަލާ ޢަމާޒުކޮށްފައި ވަނީ ޢާންމުންނަށް ކަމަށް ވެސް ޕާކިސްތާނުން ވަނީ ބުނެފައެވެ.

HajjCop_ads
Advertisement

މިދިޔަ މަހުގެ 22 ވަނަ ދުވަހު، އިންޑިޔާގެ ކަޝްމީރުގައި ފަތުރުވެރިން ތިބި ސަރަޙައްދަކަށް ހަތިޔާރު އެޅި ބަޔަކު ވަދެ، ބަޑިން ޙަމަލާދީ 26 މީހުން ވަނީ މަރާލައިފައެވެ. އެ ޙަމަލާދިން ތިން މީހުން ހޯދުމަށް އިންޑިޔާއިން ވަރުގަދަ އަސްކަރީ ޙަރަކާތެއް ހިންގަމުންދާއިރު، އޭގެ ތެރެއިން ދެ މީހުންނަކީ ޕާކިސްތާނަށް ނިސްބަތްވާ މީހުން ކަމަށް އިންޑިޔާއިން ވަނީ ތުހުމަތުކޮށްފައެވެ.

އިންޑިޔާއާއި ޕާކިސްތާނުން ވަނީ މިހާތަނަށް ހަތަރު ހަނގުރާމައެއް ކޮށްފައެވެ. އޭގެ ތެރެއިން ތިން ހަނގުރާމަ ކޮށްފައި ވަނީ ކަޝްމީރުގެ މައްސަލާގައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Pakistan

މައްކާ އަދި މަދީނާގެ މާތްވެގެންވާ ދެ ހަރަމްފުޅު ދިފާއުކުރުމުގައި ޕާކިސްތާނު ދެމިއޮންނާނެ: ޕާކިސްތާން

އީރާނުގެ ރައީސް ޑރ. މަސްއޫދު ޕެޒެޝްކިއާން އަންނަމަހު އިންޑިއާއަށް ވަޑައިގަންނަވަނީ

ފޮޓޯއިން ޚަބަރު: ސޮއިކުރެއްވުމުގެ ކުރިން 3 ލީޑަރުންވެސް ވަޑައިގެންނެވީ ހުކުރު ނަމާދަށް

ސައުދީ އަރަބިއްޔާ، ތުރުކީ އަދި ޕާކިސްތާނުން ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފި