ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އެހީތެރިކަން ހޯދުމާގުޅޭގޮތުން ބްރުނާއީއާއެކު މަޝްވަރާކޮށްފި

TTH_Ads
STO_Ads
Advertisement

ރާއްޖޭގެ ޞިއްޙީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ ކަންކަމުގައި އެހީތެރިކަން ހޯދުމަށް ބުރޫނާއީއާއެކު މަޝްވަރާކުރައްވައިފިއެވެ.

މި މަޝަވަރާތައް ކުރިއަށް ދިޔައީ މިހާރު ރާއްޖެވަޑައިގެން އުޅުއްވާ ބުރޫނާއީގެ ޞިއްޙީ ދާއިރާގެ ޓޭކްނިކަލް ބޭފުޅުންތަކަކާއެކު ކުރިއަށްދިޔަ ބައްދަލުކުރެއްވުމުގައެވެ. އެޓީމުގައި ބްރޫނާއީގެ ޕްރައިމަރީ ހެލްތުކެއަރގެ ޗީފް ކްލިނިކަލް ސްޕެޝަލިޓީ ސާރވިސްގެ މަންދޫބުން ހިމެނޭކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.

މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ ޕްރައިމަރީ ހެލްތު ކެއަރގެ ޚިދުމަތް ހަރުދަނާ ކުރުމަށާއި ޚާއްޞަކޮށް އަރބަން ޕްރައިމަރީ ހެލްތުކެއަރ ގުޅޭގޮތުންނެވެ. މީގެ އިތުރުން ހަކުރުބަލި މެނޭޖްކުރުމާއި ނަފްސާނީ ކަންކަމަށް ޚާއްޞަކޮށް ނަރުހުން ތަމްރީންކުރުމާއި ކެންސަރަށް ފަރުވާ ދިނުމުގެ ޚިދުމަތްތައް ތަރައްޤީކުރުމުގައި އެހީތެރިކަމާއި އެއްބާރުލުން ހޯދުމަށްވެސް މަޝްވަރާކުރިކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.

މި ބައްދަލުކުރެއްވުމުގައި ވަނީ މެޑިސިން ކިޔަވާ ދިވެހި ދަރިވަރުންނަށް ބްރޫނާއީގައި އިންޓަރންޝިޕް ހެދުމުގެ ފުރުޞަތު ހޯދުމަށާއި ޕަބްލިކް ހެލްތާއި ގުޅުންހުރި މޯބައިލް އެޕްލިކޭޝަން ތައްޔާރުކުރުމަށް، އެކަމުގެ ޢިލްމާއި ތަޖުރިބާ ހިއްސާކުރުމަށްވެސް މަޝްވަރާކޮށްފައެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ކްލިނިކްތައް ހިންގުމުގެ ސްޓްރެޓެޖީތަކާއި އެންމެ ރަނގަޅު އުސޫލުތައް ވެސް ބިއް ބައްދަލުވުމުގައި ހިއްސާކޮށްފައިވެއެވެ.

ބުރޫނާއީގެ ޓީމުން ވަނީ މާލޭގައި ޞިއްޙީ ޚިދުމަތްދޭ މުހިންމު ތަންތަނަށް ޒިޔާރަތްކޮށްފައެވެ. އޭގެ ތެރޭގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްއާއި ދަމަނަވެށި އަދި ރާއްޖޭގެ ހެލްތްކެއާ އިންފްރާސްޓްރަކްޗާ އާއި ހިދުމަތް ފޯރުކޮށްދިނުމުގެ ކަންކަން ވަނީ ބަލަފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Saeed

ލަންކާގެ ސުވަސެވަނަ ހޮސްޕިޓަލުން ދިވެހި މެޑިކަލް ގްރެޖުއޭޓުންނަށް އިންޓާންޝިޕް ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

Geealaa health minister

އިތުރު ތިން ރަށެއްގައި އެމްއާރްއައި، ހަތް ރަށެއްގައި ސީޓީ ސްކޭނުގެ ހިދުމަތް ތައާރަފުކުރަނީ

ހެލްތް މިނިސްޓްރީ އާއި ޔޫއެން އެސްކޭޕް ގުޅިގެން ފަންނީ މަސައްކަތު ބައްދަލުވުމެއް ފަށައިފި

ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް ލ.އަތޮޅުގައި ފަށައިފި