ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓްރީ ޓޮޕް ހޮސްޕިޓަލުގެ “އެސްތެޓިކް” ޚިދުމަތްތަކުން އޫރީދޫ ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް މިހާރު %10 ޑިސްކައުންޓް ލިބޭނެ

STO_Ads
Maldivian_Ads
TTH_Ads
Advertisement

އޫރިދޫ ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ “އެސްތެޓިކް” ޚިދުމަތްތަކުން މިހާރު %10 ޑިސްކައުންޓެއް ލިބޭނެއެވެ.
މި ސްކީމް ގެ ދަށުން ހަންގަނޑު ރީތިކޮށް ދެމެހެއްޓުމާއި ދަތްޕިލަ ރީތިކުރުމުގެ ފަރުވާތައް ހިމެނެއެވެ. މިގޮތުން ހަމުގެ ޚިދުމަތްތަކުގެ ތެރޭގައި އިސްތަށި ނައްތާލުމާއި، ލަކުނު ފިލުވުމާއި، ޓެޓޫ ފިލުވުން އަދި ހަމުގެ ރޫ ފިލުވުން ފަދަ ޚިދުމަތްތައް ހިމެނެއެވެ. އަދި ދަތްޕިލަ ރީތިކުރުމުގެ ޚިދުމަތްތަކުގެ ތެރޭގައި ޑެންޓަލް ބްލީޗިންގ އަދި ޑެންޓަލް ޕޮލިޝިންގ ހިމެނެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އެސްތެޓިކް ޙިދުމަތްތައް
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހަމުގެ ފަރުވާތަކަށް ބޭނުންކުރަނީ ދުނިޔޭގެ ގިނަ އެސްތެޓިކް ޑޮކްޓަރުންގެ އިތުބާރު ލިބިފައިވާ އަލްމާ ބްރޭންޑްގެ “އެކްސްއެލް ހާމޮނީ ޕްރޯ” ލޭސަރ މެޝިނެވެ. އަދި މި ފަރުވާ ފޯރުކޮށްދެނީ ހަމުގެ ބަލިތަކުގެ ޙާއްސަ ކޮންސަލްޓަންޓުންގެ ޓީމެއްގެ ލަފާގެ މަތިންނެވެ.

ދަތުގެ ފަރުވާތަކަށްވެސް ރާއްޖެއިން ބޭރުގެ ތަޖުރިބާ ލިބިފައިވާ ކުޅަދާނަ ޑެންޓަލް ޓީމެއް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ހަރަކާތްތެރިވޭ. މީގެ ތެރޭގައި “އެސްތެޓިކް ޑެންޓިސްޓްރީ” ނުވަތަ ދަތްޕިލަ ރީތިކުރުމުގެ ފަރުވާތަކަށް ހާއްސަ ޑޮކްޓަރުންވެސް ހިމެނޭ
އޫރީދޫ ކްލަބް ޕްރިމިއަރ އަކީ އޫރީދޫގެ އެންމެ އަގުހުރި ކަސްޓަމަރުންނަށް ޚާއްޞަކޮށްގެން ތަޢާރަފުކޮށްފައިވޭ. މިއީ އެފަރާތްތަކުގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދިނުމަށް އަމާޒުކޮށްފައިވާ ލޯޔަލްޓީ ޕްރޮގްރާމެއް. މި ޕްރޮގްރާމުގެ ދަށުން، މެންބަރުންނަށް ތަފާތު އެކި އިމްތިޔާޒުތަކާއި، ޚާއްޞަ ޑިސްކައުންޓްތަކާއި، މަތީ ފެންވަރުގެ ދިރިއުޅުމުގެ ތަޖުރިބާތައް ލިބިގަތުމުގެ ފުރުޞަތު ހުޅުވިގެންދާނެ

HajjCop_ads
Advertisement

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ. މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ޚިދުމަތްތައް ތަޢާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ޤައުމުތަކަށް ޞިއްޙީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ޞިއްޙީ ޚިދުމަތުގެ ޚަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ޚިދުމަތްތަކާއި އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް 3351630 އަށް ގުޅުއްވުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް އެހޮސްޕިޓަލުން އެދެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

tree top

ޓްރީ ޓޮޕް ހޮސްޕިޓަލުން ދަތުގެ ފަރުވާތަކަށް ޚާއްޞަ ޕްރޮމޯޝަނެއް ބާއްވަނީ

tree top

ޓްރީ ޓޮޕް ހޮސްޕިޓަލުން ނާސިން ސްކޮލަޝިޕްގެ ފުރުސަތުތަކަށް ހުޅުވާލަނީ

ސާކް-އޭއޭ ކޮންފަރެންސްގެ ޕްރީ-ކޮންފަރެންސް ވޯކްޝޮޕް ޓްރީ ޓޮޕް ހޮސްޕިޓަލުން ކާމިޔާބުކަމާއެކު ބާއްވައިފި

tree top

SAARC-AA ކޮންފަރެންސްގެ އިބްތިދާއީ ވޯކްޝޮޕެއް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ބާއްވަނީ