ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖެއާއި މެލޭޝިއާއާ ދެމެދު ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވައިފި

STO_Ads
TTH_Ads
Advertisement

މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުފުޅުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމާއި ދެމެދު މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށް ގެންދަވައިފިއެވެ.

ދެ ޤައުމުގެ އެންމެ އިސް ލީޑަރުން އިސްކޮށްތިއްބަވައިގެން ކުރިއަށް ގެންދެވި މި މަޝްވަރާތައް ބާއްވަވާފައި ވަނީ، ޕޫތުރާ ޕަރްދާނާ، ޕޫތުރާޖަޔާގައެވެ.

ރަސްމީ މަޝްވަރާތަކުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މެލޭޝިއާއިން އެމަނިކުފާނަށް ދެއްވި ދަޢުވަތާއި އެ ޤައުމަށް ވަޑައިގެންނެވުމުން އެ މަނިކުފާނަށް ދެންނެވި ހޫނު މަރުޙަބާއާއި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، ދެޤައުމުގެ ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރެވޭނެ ފުރުޞަތުތައް ހޯދަމުންދާ މި ދަނޑިވަޅުގައި، ދިގުމުއްދަތަކަށް މި ގުޅުން ބަދަހިކުރެވޭނެ މަގު ތަނަވަސްކުރުމަށްޓަކައި ދެ ޤައުމުގެ މެދުގައި ހަރުދަނާ ގުޅުންތަކެއް ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

HajjCop_ads
Advertisement

މި މަޝްވަރާތަކުގައި މެލޭޝިއާގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުން އެއްބާރުލުން ދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި މައިގަނޑު ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ދޭދޭ ގުޅުންތައް އިތުރަށް ވަރުގަދަ ކުރެއްވުމަށްޓަކައި، އެ ދާއިރާތަކުން ވިސްނުންފުޅު ގެންގުޅުއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މެލޭޝިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ދިވެހިރާއްއާއި މެލޭޝިއާއާ ދެމެދު މުހިންމު ފަހުމުނާމާތަކެއްގައި ސޮއިކުރެވިގެންދާއިރު، މި ފަހުމުނާމާތަކަކީ ދެޤައުމުގެ ދޭދޭ ގުޅުމަށް ފައިދާކުރަނިވި ފަހުމުނާމާތަކަކަށް ވާނެ ކަމަށާއި، އަދިވެސް އިތުރު ދާއިރާތަކުން އެއްބާރުލުންދީ، ގުޅުން ބަދަހިކުރެވިގެންދާނެ ކަމުގެ އުންމީދު އެބައޮތްކަން، މެލޭޝިއާގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ދިވެހިންގެ ވިސާއާ ގުޅުންހުރި ކަންކަން ކުރިއަށް ގެންދިއުމުގައި މެލޭޝިއާއިން ހަމަޖައްސަވައިދެއްވާފައިވާ ލުއިފަސޭހަކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަމަށްޓަކައި މެލޭޝިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޑިޖިޓަލް ދާއިރާގެ ރޮނގުން ކުރިއަރާ ދިއުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، މެލޭޝިއާގެ އީޖާދީ އުފެއްދުންތެރިކަން ދިވެހިރާއްޖެއަށް ގެނައުމުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އަދި އިންފޮރމޭޝަން ޓެކްނޮލޮޖީއާއި، އަރޓިފިޝަލް އިންޓެލިޖަންސް އަދި ސައިބަރ ސެކިއުރިޓީ ފަދަ ދާއިރާތަކުން ގުޅުން ބަދަހި ކުރުމުގެ ފައިދާ، ދެ ޤައުމަށްވެސް ކުރާނެކަން ފާހަގަކުރައްވައި، މި ރޮނގުން އިތުރު ގުޅުންތައް ހަރުދަނާ ކުރެވިގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް ގުޅުމަކީ، ކުރިއަށް އޮތް ތަނުގައިވެސް އިތުރަށް ހަރުދަނާވެ، ބަދަހިވެގެންދާނެ ގުޅުމެއް ކަމުގެ އުންމީދު އެބައޮތްކަން ދެ ޤައުމުގެ ލީޑަރުންވެސް ވަނީ ފާހަގަކުރައްވާފައެވެ.
ދިވެހިރާއްޖެއާއި މެލޭޝިއާ އާ ދެމެދު ކުރިއަށް ގެންދެވި މަތީ ފަންތީގެ މަޝްވަރާތަކަށްފަހު، ފަހުމްނާމާތަކާއި އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކުރެއްވުންވެސް އޮތެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz

އިގުތިސާދީ ދަތިތަކާއެކުވެސް މި ދައުރުގެ ތެރޭގައި ވައުދުތައް ފުއްދަވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

468552 1299680d b

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އުކުޅަހުގައި ގަސް އިންދުމުގެ ޕްރޮގްރާމްގައި ރައީސް ބައިވެރިވެވަޑައިގެންފި

468486 b1164f56 c

ރައީސް، ކުދި ޖަޒީރާ ޤައުމުތަކުގެ ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

43

އއ. އުކުޅަހުގެ އައުޓްޑޯ ވޮލީކޯޓު ރަސްމީކޮށް ހުޅުވައިފި