ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

“ކަރާ ފަޅައިގެން” ސްވިޓްޒަލޭންޑް ދަތުރު ލިބުނު ނަސީބުވެރިޔާއަށް ދިރާގުން އިނާމު ހަވާލުކޮށްފި

“ކަރާ ފަޅައިގެން އިނާމު ހޯދުމުގެ” ޕްރޮމޯޝަންގެ މައި އިނާމު ކަމުގައިވާ ސްވިޓްޒަލޭންޑް ދަތުރުގެ ވިންކަރަށް އިނާމު ރައްދުކުރުން: ފޮޓޯ- ދިރާގު
STO_Ads
TTH_Ads
Advertisement

ދިރާގުން މި އަހަރުގެ ރަމަޟާން މަހު ކުރިއަށް ގެންދިޔަ “ކަރާ ފަޅައިގެން އިނާމު ހޯދުމުގެ” ޕްރޮމޯޝަންގެ މައި އިނާމު ކަމުގައިވާ ސްވިޓްޒަލޭންޑް ދަތުރުގެ ވިންކަރަށް އިނާމު ރައްދުކޮށްފިއެވެ.

މި ޚާއްޞަ އިނާމު ލިބިވަޑައިގަތް މުޙައްމަދު އިއުތިމާން ޢަލީއަށް އިނާމު ޙަވާލުކުރެވިފައިވަނީ ދިރާގު ހެޑް އޮފީހުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ދިރާގުގެ އިސް ވެރިންނާއި މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއަހަރުގެ ރަމަޟާން މަހު ދިރާގުން ވަނީ ކޮންމެ ދުވަހަކު ދިރާގު އެޕް މެދުވެރިކޮށް ކަރާ ފަޅައިގެން 2 ޖީބީ ހިލޭ ޑޭޓާ ހޯދުމުގެ ފުރުޞަތު ދިރާގު މޯބައިލް ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ހުޅުވާލާފައެވެ. މީގެ އިތުރުން، ވަކި އަދަދަކަށް ކަރާ ފަޅައިގެން، ޚާއްޞަ އިނާމުތަކެއް ހޯދުމުގެ ފުރުޞަތުވެސް ވަނީ ތަނަވަސްކޮށްދީފައެވެ. މި އިނާމުތަކުގެ ތެރޭގައި، 10 ޖީބީ ހިލޭ ޑޭޓާ، އެއަރޕޮޑްސް، ސެމްސަންގ އެސް 25 ފޯނު، 1 ޓީބީ ހިލޭ ޑޭޓާ އަދި ސްވިޓްޒަލޭންޑަށް ޗުއްޓީ ދަތުރެއް ހިމެނެއެވެ.

HajjCop_ads
MMA_Ads
Advertisement

ސްވިޓްޒަލޭންޑް ދަތުރުގެ އިނާމުގެ ވިންކަރު އިއުތިމާން ވިދާޅުވީ ދިރާގު އެޕް މެދުވެރިކޮށް ކަރާ ފަޅާލައިގެން މިފަދަ ފަސޭހަކަމާއެކު ސްވިޓްޒަލޭންޑަށް ދަތުރުކުރުމުގެ ފުރުޞަތު ލިބިދާނެ ކަމަކަށް ހީވެސް ނުކުރެއްވޭ ކަމަށެވެ.

“އިނާމު ލިބުނު ކަމުގެ ޚަބަރު އެނގުމުން ފުރަތަމަ ޤަބޫލުނުކުރެވުނު ނަމަވެސް، ވަރަށް ބޮޑަށް އުފާވެއްޖެ. ދިރާގުގެ ޚިދުމަތް ލިބިގަންނަ ފަރާތަކަށް ވުމުގެ ސަބަބުން އަޅުގަނޑަށް މި ލިބުނީ ވަރަށް އަގުހުރި އިނާމެއް. އަދި މިކަމަށްޓަކައި ދިރާގަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،” އޭނާ ވިދާޅުވިއެވެ.

ދިރާގުން ދަނީ ކޮންމެ އަހަރަކުވެސް އެ ކުންފުނީގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް މިފަދަ ތަފާތު ޚާއްޞަ ޕްރޮމޯޝަންތައް ކުރިއަށް ގެންގޮެންގޮސް، އަގުހުރި އިނާމުތަކާއި އުފާވެރި ތަޖުރިބާތައް ފޯރުކޮށްދެމުންނެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޓެލްކޯ އޮފް ދަ އިޔަރގެ ޝަރަފުވެރި އެވޯޑް ދިރާގަށް ލިބިއްޖެ

dhiraagu

ފުރަތަމަ ކުއާޓަރުގައި ދިރާގަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް

dhiraagu

ދިރާގުގެ ހިއްސާއަކަށް 8.70ރ ބަހަން ފާސްކޮށްފި

ދިރާގުން ދޭ ސްޕީޑްބޯޓުގެ ނަސީބުވެރިޔާ ޖޫން މަހު ހޮވާނެ