މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ ޑިރެކްޓަރުން ބޯޑަށް ބޭފުޅަކު އައްޔަންކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި މަޤާމަށް ޢައްޔަންކޮށްފައިވަނީ ހއ. ފިއްލަދޫ، މަބުސްތާނުގެ، މުޙައްމަދު ވަޙީދު ކަމަށެވެ.

މުޙައްމަދު ވަޙީދަކީ މީގެ ކުރިން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބޯޑު މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި އެޗްޑީސީގެ ބޯޑަށް ޢައްޔަންކުރެވުނު މުޙައްމަދު ވަޙީދު އެ ކުންފުނީގެ ބޯޑުން ވަކިކުރީ މި އެޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ.

އިޝްތިހާރު އިޝްތިހާރު

މުޙައްމަދު ވަޙީދު ވަނީ މީގެ ކުރިން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި ހައުސިންގ މިނިސްޓްރީގައި ވެސް މަސައްކަތް ކުރައްވައިފައެވެ.