ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޓީސީސީގެ ކުރީގެ ސީއީއޯ ޝާހުގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

Ok8khd52i38jlu7jy12n
އެމްޓީސީސީގެ ކުރީގެ ސީއީއޯ ހަސަން ސާހު —
TTH_Ads
STO_Ads
Advertisement

އެމްޓީސީސީގެ ހައުސިން މަޝްރޫއު ހަވާލުކުރި ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލައިގައި އެ ކުންފުނީގެ ކުރީގެ ސީއީއޯ ހަސަން ސާހުއާއި އެ ކުންފުނީގެ ކުރީގެ އިސްވެރިންތަކަކަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެމްޓީސީސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 15 ބުރީގެ ދެ ޓަވަރު ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާ ގުޅިގެން ބިޑު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ބޭރުގެ ކުންފުންޏަކަށް އިވެލުއޭޝަން ކްރައިޓީރިއާއާ ހިލާފަށް ޕޮއިންޓުދީ، އެ ޕްރޮޖެކްޓް އެ ކުންފުންޏާ ހަވާލުކޮށް، އެ ކުންފުނިން އެއްބަސްވުން ބާތިލުކުރަންޖެހޭ ފަދަ ހިލާފުތައްވެފައިވީ ނަމަވެސް، އެއްބަސްވުން ބާތިލުކުރުމުގެ ބަދަލުގައި އެ ކުންފުންޏަށް އެޑްވާންސް ޕޭމަންޓާއި ޕްރޮގްރެސިވް ޕޭމަންޓްތައް ދޫކޮށްފައިވާ ކަމަށެވެ.

އަދި އެއްބަސްވުމުގެ ދަށުން ކުރަން ޖެހޭ މަސައްކަތްްތަކެއް ވަކި މަސައްކަތްތަކެއްގެ ގޮތުގައި ހަވާލުކުރުމަށް މަސައްކަތްކޮށް، މަސައްކަތް ހަވާލުކުރި ކުންފުނިން އެއްބަސްވުމާ އެއްގޮތަށް މަސައްކަތްކޮށްފައިނުވާ އިރު، އެ އެއްބަސްވުން ބާތިލުކޮށްފައިނުވާ ކަމަށާއި އެކަމުގެ ސަބަބުން އެމްޓީސީސީއަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއްވެފައިވާ ކަމަށް އޭސީސީން ބުންޏެވެ.

HajjCop_ads
Advertisement

އޭސީސީން ބުނީ އެ މައްސަލައިގެ ތަހުގީގުގައި އެމްޓީސީސީއަށް މާލީ ގެއްލުމުގެ ގޮތުގައި ލިބިފައިވާ 39.2 މިލިއަން ރުފިޔާގެ އިތުރުން ލިބިފައިވާ އިތުރު މާލީ ގެއްލުންތައް ހިސާބުކޮށް އެ ފައިސާ ހޯދުމަށް އެމްޓީސީސީއަށް އަންގާފައިވާނެ ކަމަށެވެ.

އެ މީހުންގެ މައްޗަށް ކުރަން ހުށަހަޅާފައިވަނީ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިނުމުގެ ކުށުގެ ދައުވާގެ އިތުތުން ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެ ނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ ކަމަށާއި ޝިފާއުގެ މައްޗަށް ގާނޫނު އަސާސީގެ 80 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް ކުރަން އުޅުމުގެ ދައުވާވެސް ހިމެނޭ ކަމަށް އޭސީސީން ބުންޏެވެ.

ދައުވާކުރަން ފޮނުވި އެމްޓީސީސީގެ ކުރީގެ ވެރިން

  • އެމްޓީސީސީގެ ކުރީގެ ސީއީއޯ ސ. މަރަދޫފޭދޫ، ބަގީޗާގެ ހަސަން ޝާހް
  • އެމްޓީސީސީގެ ކުރީގެ ޖެނެރަލް މެނޭޖަރު އަދި ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ މެންބަރު ހ. ފެއަރީޕެލަސް، ޝިފާއު އަލީ
  • އެމްޓީސީސީގެ ކުރީގެ ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ މެންބަރު، ށ. ކޮމަންޑޫ، ޕާކީޒާ، ހުސައިން ޒުހުރީ
  • އެމްޓީސީސީގެ ކުރީގެ ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ މެންބަރު، މ. ޕޮމްޕިޔާ، މުހައްމަދު ނާޒިމް
  • އެމްޓީސީސީގެ ކުރީގެ ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ މެންބަރު، ގ. ނިލަ، އިސްމާއިލް އަދުހަމް

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

taxi

ޓެކްސީ އެޕް އަންނަ ހަފުތާގައި ބޭނުންކުރަން ފަށަނީ

ވެލިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމެނީ

RTL

އެއާޕޯޓް މަގު މަރާމާތުކުރާތީ ބަސް ރޫޓުތަކަށް ބަދަލު ގެނެސްފި

988

އެމްޓީސީސީގެ ޑީއެމްޑީ ކަމަށް މުބީން އައްޔަންކޮށްފި