ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައިސްޕްލާންޓު ގަތުމުގައި ހިމެނޭ ކޮރަޕްޝަންގެ މައްސަލައިގައި ސައީދަށް ދައުވާކޮށްދިނުމަށް އެދިއްޖެ

176493 b3d2ed98 4 scaled e1608535723579
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު — ފޮޓޯ: ފެނަކަ
TTH_Ads
STO_Ads
Advertisement

ފެނަކަ ކޯޕަރޭޝަނަށް އައިސްޕްލާންޓު ގަތުމުގައި ހިމެނޭ ކޮރަޕްޝަންގެ މައްސަލައިގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދަށް ދައުވާކޮށްދިނުމަށް އެދި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމެންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓު ފެނަކައަށް ގަތުމުގައި ކުންފުނީގެ އުސޫލުތަކާ ހިލާފަށް އަމަލުކޮށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި، އިއްޔެ ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

އެ މައްސަލައިގައި އޭސީސީން ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ސައީދުގެ އިތުރުން އޭރުގެ ޗީފް އެކައުންޓެންޓް މުހައްމަދު މަސްއޫދުގެ މައްޗަށެވެ.

MMA_Ads
HajjCop_ads
Advertisement

އޭސީސީން ބުނީ ކައިޒާން އިންވެސްޓްމަންޓުގެ އައިސްޕްލާންޓު ފެނަކައަށް ގަތުމަށް 2023 ވަނަ އަހަރުގެ ބޯޑުގެ 18 ވަނަ އާންމު ބައްދަލުވުމުގައި ނިންމުން ނިންމާފައިވަނީ، އެ ޕްރޮޖެކްޓަކީ ކުންފުންޏަށް ގެއްލުންހުރި، “އިންޓާނަލް ރޭޓް އޮފް ރިޓާން” އަދި “ނެޓް ޕްރެޒެންޓް ވެލިއު” ވަރަށް ބޮޑަށް ނެގެޓިވް ކަމަށް ފާހަގަކޮށްފައިވާ ގެއްލުން ހުރި ޕްރޮޖެކްޓެއްކަން އެނގިހުރެ ކަމަށެވެ.

މާމެންދޫގައި ފިޝަރީޒް މިނިސްޓްރީ އާއި ފެނަކަ ކޯޕަރޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އައިސްޕްލާންޓެއް އެޅުމަށް ހަމަޖެހިފައިވަނިކޮށް، ސައީދު ވަނީ ބޯޑު މެންބަރުންނަށް ދޮގު މައުލޫމާތުދީފައި ކަމަށެވެ. އެގޮތުން، ކައިޒާން އިންވެސްޓްމަންޓުގެ އައިސްޕްލާންޓް ފެނަކައިން ގަތުމުން، ފިޝަރީޒް މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އަޅާ އައިސްޕްލާންޓާ ގުޅޭ ސަރުކާރުގެ ސިޔާސަތު ބަދަލުވެގެންދާނެ ކަމަށް ދޮގު މައުލޫމާތުދީފައިވާ ކަމަށް އޭސީސީން ބުންޏެވެ.

އަދި އައިސްޕްލާންޓުގެ ވެލުއޭޝަންގެ ގޮތުގައި މަސްއޫދު ހުށަހަޅާފައިވާ އަގަކީ މާކެޓް އަގަށްވުރެ މަތީ އަގެއްކަން ތަހުގީގަށް ހާމަވެފައިވާ ކަމަށާއި އައިސްޕްލާންޓް ފަދަ ތަކެތީގެ ވެލުއޭޝަން ހެދުމުގެ ގާބިލުކަން ފެނަކައިގައި ހުރި ނަމަވެސް، މާކެޓް އަގު ހޯދުމުގެ މަސައްކަތްނުކޮށް، އައިސްޕްލާންޓް ވިއްކި ފަރާތުން ހުށަހެޅި އަގުތައް ބޭނުންކޮށްގެން ވެލުއޭޝަން ތައްޔާރުކޮށްފައިވާކަން އޮޅުވާލާފައިވާކަން ފާހަގަކުރެވޭ ކަމަށް އޭސީސީން ބުންޏެވެ.

ސައީދާއި މަސްއޫދުގެ މައްޗަށް ދެ ކުށެއްގެ ދައުވާކޮށްދިނުމަށް ވަނީ އެދިފައެވެ. އެއީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގެ ފައިދާ ދައުލަތަށް ނުލިބޭގޮތަކަށް އަމަލުކުރުން ނުވަތަ ދައުލަތަށް ލިބެން އޮތް ފައިދާއަކަށް އުނިކަމެއް ލިބޭގޮތަށް އަމަލުކުރުމުގެ ކުށުގެ ދައުވާއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MMA_Ads
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Fenaka MD

ފެނަކައިގެ މުވައްޒަފުން މަދުކުރުމުން 22 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ: މެނޭޖިން ޑިރެކްޓަރު

Sstv FORM FOR EC

ފެނަކައިގެ ހަރަދު ކުޑަކުރުމަށް ހުޅުވައިލި ފުރުސަތުގައި 97 މުވައްޒަފަކު ވަޒީފާއިން ވަކިވާން އެދިއްޖެ

ފަރެސްމާތޮޑާއަށް 800 ކިލޯވޮޓުގެ ޖެންސެޓެއް ފޮނުވައިފި

Fuvahulah atoll maldives banner

ފުވައްމުލަކު ސިޓީއަށް 1200 ކިލޯވޮޓުގެ 2 ޖެންސެޓެއް ފޮނުވައިފި