ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މިއަދު އިޢުލާނު ކުރެއްވި ގޮތުގައި، ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާ ދެވަނަ ޓަވަރު (H2) ގެ ކަރަންޓު ޚިދުމަތަށް ވަގުތީ ބުރޫއަރާފާނެ ކަމަށް ލަފާކުރެވެއެވެ.

ކަސްޓަމަރުންގެ ސަމާލުކަމަށް!

ސްޓެލްކޯގެ ރަސްމީ އެކްސް އެކައުންޓުގައި ޝާއިޢުކުރެވުނު ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުން، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި މުހިންމު މަރާމާތުތަކެއް ކުރިޔަށް ގެންދެވޭނެއެވެ. މި މަސައްކަތްތައް ތާވަލު ކުރެވިފައިވަނީ އެކި ދުވަސްތަކަށް ބަހާލައިގެންނެވެ.

މިއަދުގެ މަސައްކަތްތައް ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން ހަވީރު 17:00 އާ ދެމެދުގެ ވަގުތެއްގައެވެ. މި ވަގުތު ތެރޭގައި، ޓަވަރުގެ ކޮންމެ އެޕާޓްމަންޓަކަށްވެސް ގާތްގަނޑަކަށް 30 މިނިޓުގެ ކަރަންޓު މެދުކެނޑުމެއް ކުރިމަތިވެދާނެ ކަމަށް ލަފާކުރެވެއެވެ.

އިޝްތިހާރު އިޝްތިހާރު

ސްޓެލްކޯއިން މި މަސައްކަތާ ގުޅިގެން ދިމާވެދާނެ އުނދަގޫތަކަށް މަޢާފަށް އެދިވަޑައިގެންފައިވެއެވެ. އަދި ރައްޔިތުންގެ އެއްބާރުލުމަށް އެދިވަޑައިގަންނަވައެވެ.