ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުނގޫފާރު ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި

9q
TTH_Ads
STO_Ads
Advertisement

ރ. އުނގޫފާރު ބިން ހިއްކުމުގެ މަސައްކަތް ނިންމާލާފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީއިން ބުނީ އުނގޫފާރު ބިން ހިއްކުމުގެ މަސައްކަތް ނިންމާ، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އަލުން ފެށުމަށް ބޭނުންވާ ބޮޑު ހިލަ މިހާރު އެރަށަށް ގެންގޮސްފައިވާކަމަށެވެ. އަދި މިހާރު މުޅި މަޝްރޫޢުގެ %64 މަސައްކަތް ނިމިފައިވާކަމަށް އެކުންފުނިން ހާމަކުރިއެވެ.

އުނގޫފާރު ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ އެމްޓީސީސީންނެވެ. އެކުންފުންޏާ މިމަސައްކަތް ހަވާލުކުރީ 2021ވަނަ އަހަރު ނަމަވެސް އަމަލީ މަސައްކަތް ފަށާފައިވަނީ 2024 ވަނަ އަހަރު ޖެނުއަރީ މަސްތެރޭގައެވެ.

HajjCop_ads
MMA_Ads
Advertisement

މި މަޝްރޫޢުގެ ދަށުން 10 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އަދި މި މަޝްރޫޢުގެ ދަށުން ގޮނޑުދޮށް ހިމާޔަތްކުރުމަށް 1150 މީޓަރުގެ ރިވެޓްމަންޓަކާއި 75 މީޓަރުގެ ހުރަސް ތޮށިލުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރ.އުނގޫފާރުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުއަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން މުޅިން އަލަށް އެރަށުގައި ފަށާ މަސައްކަތެކެވެ. މި މަޝްރޫޢުގެ ދަށުން 120 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއް ލުމާއި 110 މީޓަތުގެ ބޮޑުހިލައިގެ ގްރޮއިންސް ޖެހުން ހިމެނެއެވެ. އަދި ގިރާފައިވާ ސަރަޙައްދަށް ވެލި އަޅާ، އެ ސަރަޙައްދު އަލުން އިއާދަކުރުން ހިމެނެއެވެ. މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 11.1 މިލިއަން ރުފިޔާއަށެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MMA_Ads
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Boduthakurufaanu magu

މާލޭގެ މަގުތައް ހެދުމުގެ ބިޔަ މަޝްރޫޢު ކުރިޔަށް ގެންދަނީ މައިގަނޑު ތިން މަޤްޞަދެއް ހާސިލްކުރުމަށް: ރައީސް

WhatsApp Image 2026 06 24 at 17.45.13

ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތް ބުދަ ދުވަހު ފަށަނީ

Screenshot 2026 06 24

އެމްޓީސީސީގެ ޗެއަރޕާރސަންގެ މަޤާމަށް ސަޢާދާ އިބްރާހިމް އައްޔަނުކޮށްފި

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢު ނިންމުމާ ގާތަށް