ރ. އުނގޫފާރު ސްކޫލްގައި އިމާރާތްކުރަމުންދާ 8 ކުލާސްރޫމްގެ އާ އިމާރާތުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް އެބަދެއެވެ.
މި މަޝްރޫޢުގެ މަސައްކަތް މިހާރު ކުރިއަށްދާގޮތުން، ފުރަތަމަ ފަންގިފިލާގެ ތަނބު ތަކަށް ބޭނުންވާ ރީއިންފޯސްމަންޓް އެރުވުމާއި ޝަޓަރިންގ މަސައްކަތްތައް ސައިޓުގައި މިހާރު އަންނަނީ ކުރަމުންނެވެ.
މި އިމާރާތް ބިނާކުރުމުގެ މަސައްކަތް ކުރިން ހަވާލުކޮށްފައިވަނީ 2021 ވަނަ އަހަރު ނެކްސަރ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޑެޓާ ކަމަށްވީ ނަމަވެސް، އެ ކުންފުންޏަށް މަސައްކަތް ފެށިފައިނުވާތީ މިހާރުގެ ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލުކޮށްފައެވެ.

އެއަށްފަހު އެ މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން މިހާރު އަންނަނީ ހަލުވިކަމާއެކު ކުރިއަށް ގެންދަމުންނެވެ. މި މަޝްރޫޢު ނިމުމުން އުނގޫފާރު ސްކޫލްގެ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.










ކިޔުންތެރިންގެ ހިޔާލު