ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޭސީސީގެ ރައީސް ޝާމިލްގެ މައްސަލަ ނުބަލަން ފުލުހުން ނިންމައިފި

Gjgzmmeauaanw n
އޭސީސީގެ ރައީސް އާދަމް ޝާމިލް — ފޮޓޯ: އޭސީސީ
STO_Ads
TTH_Ads
Maldivian_Ads
Advertisement

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލް ދޮގު ހެއްދެވި ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފަރާތުން ހުށަހެޅި މައްސަލަ ނުބަލަން ފުލުހުން ނިންމައިފިއެވެ.

ފުލުހުން މިއަދު އަޒްމިރަލްދާގެ ވަކީލުންނަށް އަންގާފައި ވަނީ އަޒްމިރަލްދާ ހުށަހެޅި މައްސަލަތަކުގައި ޖިނާއީ ކުށުގެ އަމަލެއް ހިންގާފައިވާ ކަމަށް ބަލަން ޖެހޭ އެކަށީގެންވާ ސަބަބެއް ނެތް ކަމަށެވެ.

އަޒްމިރަލްދާގެ ވަކީލު އިބްރާހިމް ޝަމީލް މީޑިއާތަކަށް ފޮނުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ ފަނޑިޔާރުގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށްބުނެ އޭސީސީގެ ރައީސް ޝާމިލް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ސިޓީއެއް ފޮނުއްވައި ދޮގު މައުލޫމާތު ދެއްވާފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

HajjCop_ads
Advertisement

ޖޭއެސްސީން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒް އަލީ ޒާހިރުގެ އިތުރުން ހުސްނުއްސުއޫދުގެ މައްސަލަ މިދިޔަ ފެބްރުއަރީ މަހު ބަލަން ފަށައި، އެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށްފައެވެ. ނަމަވެސް ސަސްޕެންޝަނުގައި ހުންނަވަނިކޮށް، ސުއޫދު ވަނީ ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާދެއްވައިފައެވެ.

ޖޭއެސްސީން އަޒްމިރަލްދާ އާއި މަހާޒް އަދި ސުއޫދު ސަސްޕެންޑުކޮށްފައިވަނީ އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެއެވެ. ޖޭއެސްސީން ތިން ފަނޑީޔާރުންގެ މައްސަލަ ބަލަން ފަށާފައިވަނީ އޭގެ ފަހުންނެވެ.

އޭސީސީގެ ރައީސް ޝާމިލް، މަގާމުގެ ނަހަމަ ނުފޫޒު ބޭނުންކުރި މައްސަލައެއް ވެސް އަޒްމިރަލްދާގެ ފަރާތުން ވަނީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އޭސީސީއަށް ހުށަހަޅައިފައެވެ. އެ މައްސަލަ އޭސީސީން ބަލައިގަތް ނަމަވެސް، އެ މައްސަލަ ކުރިއަށްދާ ގޮތުގެ އިތުރު ތަފްސީލެއް އެ ކޮމިޝަނުން ދީފައެއް ނުވެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

މާރާމާރީއެއްގައި އަނިޔާވި މީހަކަށް ފަރުވާދެނީ

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކު ހޯދަން ފުލުހުން އިއުލާނުކޮށްފި

ހުޅުމާލެ ޓްރެފިކް ފުލުހުން “ސައިލެންޓް ޑްރިލް” އެއް ބާއްވައިފި

އެކްސިޑެންޓްވުމުން މަޑުނުކޮށް ދިޔަ މީހާ ހައްޔަރުކޮށްފި