ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދުންފަތް ބޭނުންކުރުން މަނާކުރުމާގުޅޭގޮތުން ޑަބްލިއުއެޗްއޯއާއި ޔުނިސެފާއެކު މަޝްވަރާކޮށްފި

Big
TTH_Ads
STO_Ads
Advertisement

ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވާފައިވާ ސިޔާސަތާ ގުޅޭގޮތުން ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އާއެކު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ސިއްޙީ ވުޒާރާއިން ބަޔާންކުރެއްވި ގޮތުގައި، މި މަޝްވަރާތަކުގެ މައިގަނޑު މަޤްޞަދަކީ ދުންފަތުން ސަލާމަތްވެފައިވާ ޖީލެއް އުފެއްދުމަށްޓަކައި “ޖެނެރޭޝަނަލް ބޭން” އެއް ތަޢާރަފުކުރުމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުގެ ޚިޔާލު ހޯދުމެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ “ރައްޔިތުންނާ އެކު” ޕޮޑްކާސްޓްގައި، ދުންފަތުގެ އިސްތިޢުމާލު މަނާކުރުމަށް ތިން އުމުރުފުރައަކަށް ވިސްނާވަޑައިގެންފައިވާ ކަމަށާއި، އޭގެ ތެރެއިން އެއް އުމުރުފުރައަކަށް މަނާކުރުމަށް ނިންމަވާފައިވާ ކަމަށް ހާމަކުރައްވާފައެވެ. އެގޮތުން، 2000 ވަނަ އަހަރުން ފެށިގެން، 2004 ވަނަ އަހަރުން ފެށިގެން، ނުވަތަ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމަށް ވިސްނާވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.

MMA_Ads
HajjCop_ads
Advertisement

މި ކަމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޕޯލެއް ހުޅުވާލައްވާފައެވެ. އަދި 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުން ދުންފަތުގެ ވަބާއިން ސަލާމަތްކުރުމަށް ފަސޭހަވާނެ ކަމަށް ފާހަގަކުރައްވާފައިވެއެވެ.

ސިއްޙީ ވުޒާރާއިން އިތުރަށް ހާމަކުރެއްވި ގޮތުގައި، ޖެނެރޭޝަނަލް ބޭން ކާމިޔާބުކަމާއެކު ތަންފީޛުކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން ޑަބްލިއުއެޗްއޯ އަދި ޔުނިސެފުން ވސެފުން ވަނީ އަގުހުރި ލަފާތަކެއް ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ދުންފަތުގެ އިސްތިޢުމާލުކުރާ އެހެނިހެން އުމުރުފުރާތަކުގެ މީހުންނަށާއި، ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އެތެރެކޮށް ވިޔަފާރިކުރާ ފަރާތްތަކަށް، މި ނޭދެވޭ އާދަ ދޫކ އާދަ ދޫކޮށްލުމަށް އިލްތިމާސްކުރައްވާފައެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

health ministry

15 ރަށެއްގެ ސިއްޙީ މަރުކަޒުގައި ލެބޯޓަރީ އިމާރާތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފި

minister nazim

ޞިއްޙީ ކަންކަމުގައި ޙަޤީގަތާ ޚިލާފު މަޢުލޫމާތު ނުފެތުރުމަށް އިލްތިމާސްކުރައްވައިފި

minister nazim

ރާއްޖޭގައި ކެންސަރު ބަލި އާންމުވަމުންދާ ސަބަބު އަދި ނޭނގޭ: ނާޒިމް

ޞިއްޙީ ޚިދުމަތް ތަރައްޤީކުރަން އައިއެސްޑީބީ އިން 6.2 މިލިޔަން ރުފިޔާގެ ހިލޭ އެހީއެއް