ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީދު ނަމާދުކުރުމަށް ހަވާލުކުރި އިމާމު ހާޒިރުނުވުމުން ސަސްޕެންޑުކުރަން އަންގައިފި

Big sgxyiwrucpycgmxyki04lnqgc
މާލޭގައި ބޮޑު ޖަމާއަތުގައި ކުރި އީދު ނަމާދު — ފޮޓޯ: ޕީއެސްއެމް
STO_Ads
TTH_Ads
Advertisement

ހުޅުމާލެ އަޒީޒާ މިސްކިތުގައި މިއަދު އީދު ނަމާދުކުރުމަށްޓަކައި ހަވާލުކުރި އިމާމު ހާޒިރުނުވުމުން އޭނާ ސަސްޕެންޑުކުރަން އަންގައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު މީޑިއާތަކަށް ފޮނުއްވި މެސެއްގައި ވިދާޅުވީ، އަޒީޒާ މިސްކިތުގައި އީދު ނަމާދުކުރުމަށްޓަކައި ހަވާލުކުރި އިމާމާއި އޭނާގެ ބަދަލުގައި ހަމަޖެއްސި އިމާމު ވެސް އީދު ނަމާދުކުރަން މިސްކިތަށް ހާޒިރުވެފައި ނުވާ ކަމަށެވެ.

އެ ދެ އިމާމު ވެސް ހާޒިރުނުވުމުން، އެ މައްސަލަ އުސޫލުގެ ތެރެއިން ބަލައި ފަސް އަހަރު ދުވަހަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ހުތުބާ ކިޔުމުން ސަސްޕެންޑްކުރަން އަންގާފައިވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

HajjCop_ads
Advertisement

މިނިސްޓަރު ވިދާޅުވީ، އިމާމުގެ ބަދަލު އިމާމުގެ ގޮތުގައި ހަމަޖައްސާފައިވަނީ އަޒީޒާ މިސްކިތުގައި ހުންނަ އަސްލު އިމާމު ކަމަށާއި ނަމަވެސް މިނިސްޓްރީއަށް ނާންގައި އޭނާ މިއަދުގެ އީދު ނަމާދުގެ ޖަމާއަތަށް ހާޒިރުނުވާތީ އެ މައްސަލަ ވަކިން ބަލައި އުސޫލުގެ ތެރެއިން އިމާމުކަމުގެ ވަޒީފާއިން ސަސްޕެންޑްކުރަން ކަމާބެހޭ ޔުނިޓަށް އަންގާފައިވާ ކަމަށެވެ.

ދެ އިމާމު ވެސް ހާޒިރުނުވުމުން އަޒީޒާ މިސްކިތުގައި މިއަދުގެ އީދު ނަމާދު ފަށާފައިވަނީ އެހެން މިސްކިތްތަކަށްވުރެ ފަހުންނެވެ. އިމާމެއް ނެތުމުން ބަދަލުގައި އިމާމުވެ ނަމާދުކޮށްފައިވަނީ މިސްރަށް ނިސްބަތްވާ މީހެކެވެ. އޭނާ ހުތުބާ ކިޔާފައިވަނީވެސް ފޯނުން ބަލައިގެން އަރަބި ބަހުންނެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Resorts

ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން އޮގަސްޓު 14 އިން 15އަށް ބޭއްވުމަށް ނިންމައިފި

445gf

ހުޅުމާލޭގައި ބިނާކުރާ މަސްޖިދު އުންމުލްމުއުމިނީން ޢާއިޝާގެ 86 އިންސައްތަ މަސައްކަތް ނިމިއްޖެ

Io

މި ފަހަރުގެ ޗުއްޓީގައި 4،000 އަށް ވުރެ ގިނަ ދިވެހީން އުމްރާއަށް ގޮސްފި

ސިލްސިލާ ދައުރާ ޕްރޮގްރާމް ފަށައިފި