ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީދު ދުވަހުގެ އެންމެ ހާއްސަ އަޒުމަކަށް ވާންވީ އަމިއްލަ ނަފުސު އިސްލާހުކުރުން: ރައީސް

395809 cc1aaf18 e
ރައީސް ޑރ. މުހައްމަދު މުއިއްޒު — ފޮޓޯ: ރައީސް އޮފީސް
STO_Ads
Maldivian_Ads
TTH_Ads
Advertisement

އީދު ދުވަހުގެ އެންމެ ހާއްސަ އަޒުމަކަށް ވާންވީ އަމިއްލަ ނަފުސު އިސްލާހުކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާދަމާއަކީ ފިތުރު އީދު ދުވަސް ކަމަށް ކަނޑައަޅާފައިވާ އިރު، އީދު ދުވަހުގެ މުނާސަބަތުގައި ރައީސް މިރޭ ފޮނުއްވި ހިތާބުގައި ވިދާޅުވީ މުސްލިމުންގެ މުޅި ދިރިއުޅުން ބިނާވެފައި އޮންނަންވާނީ ހެޔޮކަމުގެ މައްޗަށް ކަމަށާއި ކުރާ ކޮންމެ ކަމެއް ހެޔޮގޮތުގައި ކުރުމާއި، ބުނާ ކޮންމެ ބަހެއް ހެޔޮގޮތުގައި ބުނުމުގެ މައްޗަށް ކަމަށެވެ. އަދި ރޯދަމަހު ހިފާ ރޯދައިގެ އިތުރަށް ހެޔޮ އަމަލުތައް ގިނަކޮށް، އިސްތިޣުފާރު ކުރުމާއި ދުއާކުރުން އިތުރުކުރަނީ މި މިންގަނޑުގައި ދެމިތިބުމަށްޓަކައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އީދު ދުވަހަކީ ރޯދަމަސް ނިމި އަލުން ދިރިއުޅުމުގެ އާ އަހަރަކާ ކުރިމަތިލާ ދުވަސް ކަމަށާއި މުޅި ރޯދަމަހު އަޅުކަމަށްޓަކައި ހޭދަކުރިހާ ވަގުތަށްފަހު، އިލާހީ ރުއްސެވުމާއި ފުއްސެވުން ލިބުނުކަމުގެ އުންމީދާއެކު އަނެއްކާވެސް އާ ދުވަސްތަކެއް ލިބެނީ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

HajjCop_ads
Advertisement

“އެހެންކަމުން އީދު ދުވަހުގެ އެންމެ ހާއްސަ އަޒުމަކަށް ވާންވީ އަމިއްލަ ނަފުސުގެ އިސްލާހަށް އެދި ﷲގެ ހަޟްރަތުގައި ދެންނެވި ފަދައިން ކުރިއަށްއޮތް ދުވަސްތަކުގައި އަމިއްލަ ނަފްސު އިސްލާހުކުރުމެވެ. އީދުގެ އުފާތައް ލިބިގަތުމުގައިވެސް އަދި އޭގެ ފަހުންވެސް ކޮންމެ ކަމެއްގައި އިސްލާމްދީނުގެ މަތިވެރި އިމުގެ ތެރޭގައި ހުރިހައި އަމަލުތަކެއް ބެހެއްޓުމެވެ..،” އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތްކުރާނީ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ޝިއާރުތައް އުފުލުމުގައި ނަމޫނާ ގައުމަކަށް ދިވެހި ގައުމު ހެދުމަށް ކަމަށާއި އީދުގެ އުފާ ލިބިގަތުމުގައި ރަށްރަށް ދިއްލުމާއި ތަކުބީރުގެ އަޑު ގުގުމާނެހެން އިންތިޒާމުތައް ހަމަޖެއްސުމަކީ އެ މަގުސަދުގައި ތައާރަފުކުރެވުނު ކަންކަން ކަމަށެވެ.

“އަޅުގަނޑުމެން މަސައްކަތްކުރަންވީ އީދު ދުވަހަކީ ހެޔޮ ފޯރުވުމުގެ ދުވަހަކަށް ހަދާށެވެ. އަޅުގަނޑުމެން ބަލަންވީ އީދު ދުވަހަކީ ކުޑަކުދީންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭ ދުވަހަކަށް ހަދާށެވެ. އާއިލާތަކުގެ ގުޅުންތައް ބަދަހިވެ އެއްބަނޑުއެއްބަފައިކަމުގެ ކުލުނުން އާ ރޫހެއް ލިބޭ ދުވަހަކަށްވުމެވެ. ހަމަ އެހެންމެ، ޒުވާނުންނާއި އިސްރަށްވެހީންނާއި، މުޅި މުޖުތަމައުގެ ބައިވެރިވުން ލިބިފައިވާ ދުވަހަކަށް އީދު ދުވަސް ވުން މުހިންމެވެ..،” އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ފިތުރު އީދުގެ އުފާ ފާޅުކުރަމުންދާ އިރު، ޣައްޒާގެ މުސްލިމު ރައްޔިތުންގެ މަތިން ހަނދާންކުރުމަށް ކުޑަވެސް ފަނޑުކަމެއް އަޔަދީގެން ނުވާނެ ކަމަށާއި ޣައްޒާގެ ލޮބުވެތި ކުޑަކުދީންގެ ގިސްލުމުގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ. އަދި ދިވެހީންގެ ހެޔޮއެދުމާއި ހެޔޮދުއާތައް ފަލަސްޠީނުގެ ލޮބުވެތި އަހުންނާއި އުހުތުންނާއެކު އަބަދުވެސް ދަމަހައްޓަންވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 09 24 at 15.56.07

މަނަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ބާރަށް ކުރިއަށް

Nimaal

ސައުދީއާއެކު ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގުޅުން ފުޅާކުރުމަށް ރާއްޖެ ތައްޔާރު: ރައީސް މުއިއްޒު

Qw

ރަސްމާލޭ މަޝްރޫއަށްވުރެ މިވަގުތު މުހިންމީ ވަގުތުން ފައިސާ ލިބޭނެ ހަރުމުދަލެއް ވިއްކުން: ނަޝީދު

88887

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން ދުބާއީ ކުންފުންޏަކާ ހަވާލުކޮށްފި