ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގިނަ ބަލިތަކަށް ބޭނުންވާ ބޭސް ރާއްޖެއަށް ގެނެވިއްޖެ: ޢެސްޓީއޯ

STO_Ads
TTH_Ads
Maldivian_Ads
Advertisement
ރާއްޖޭގެ ބޭހުގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން، އެސްޓީއޯއިން ވަނީ ގިނަ ބަލިތަކަށް ބޭނުންވާ ބޭސް ރާއްޖެއަށް ގެނެސްފައެވެ. މި މަސައްކަތަކީ ރާއްޖެއަށް ފެންވަރު ރަނގަޅު ބޭސް އަގުހެޔޮކޮށް ފޯރުކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ ފުޅާ ދާއިރާއެއްގެ މަސައްކަތުގެ ބައެކެވެ.

އެސްޓީއޯއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މާރިޗު މަހު ރާއްޖެއަށް ގެނެވުނު ބޭސްތައް މިހާރު ވަނީ ރަށްރަށަށް ފޮނުވަން ފަށާފައެވެ. މިކަމުގެ ސަބަބުން މިހާރު ދިމާވެފައިވާ ބޭހުގެ ދަތިކަމަށް ލުޔެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން އުންމީދުކުރެއެވެ.

އެސްޓީއޯގެ މައިގަނޑު އަޑު އަމާޒަކީ މުސްތަޤުބަލުގައި މިފަދަ ދަތިކަމެއް ތަކުރާރުނުވާނެހެން، ރާއްޖޭގެ ހުރިހާ ސަރަޙައްދަކުންވެސް އަސާސީ ބޭސް މެދުނުކެނޑި ލިބެން ހުންނާނެ އިންތިޒާމު ހަމަޖެއްސުމެވެ. މީގެ އިތުރުން، ޞިއްޙީ ދާއިރާގެ ކަމާގުޅުންހުރި މުއައްސަސާތަކާއި ޑޮކްޓަރުންގެ އިރުޝާދާއި ލަފާގެ މަތިން، އަސާސީ ބޭސްތަކުގެ އިތުރުން ރާއްޖެއަށް އެންމެ މުހިންމު އަދި ބޭނުންތެރި ބޭސްތައް ދެނެގަތުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

HajjCop_ads
Advertisement

ރައީސުލްޖުމްހޫރިއްޔާގެ އިޢުލާނާ އެއްގޮތަށް، އެމްއެފްޑީއޭގެ އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ ކޮންމެ ޖެނެރިކް ބޭހެއް ރާއްޖެއިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް އެސްޓީއޯއިން ފާހަގަކޮށްފައިވެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މިއަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި އެސްޓީއޯއިން ބައިވެރިވެއްޖެ

minister saeed

އަންނަ އަހަރުގެ ނޮވެމްބަރުގެ ކުރިން ހުރިހާ އަތޮޅަކުން އަގު ހެޔޮކޮށް މަސްވެރިންނަށް ތެޔޮ ލިބޭނެ: ސައީދު

އެފްއެސްއެމްގެ ފިއުލް ސްޓޭޝަންތައް 7 ރަށެއްގައި، އިތުރު ތަންތަން މިއަހަރު ހުޅުވަނީ

އެސްޓީއޯގެ ދެކުނު ފޯރި ކުލަގަދަކޮށް މިއަހަރުވެސް ބާއްވައިފި