ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަގޮތަށް ވާހަކަތަކެއް ދައްކާފައެއް ނުވާނެ: އެމްޑީޕީ

Gls0kkkbiaahqga
އެމްޑީޕީން ބޭއްވި މުޒާހަރާއެއްގެ ތެރެއިން — ފޮޓޯ: އެމްޑީޕީ
STO_Ads
TTH_Ads
Advertisement

އެމްޑީޕީގެ މުޒާހަރާގެ ތެރެއިން ދައްކާފައިވަނީ ކުޑަކުއްޖަކަށް ނިސްބަތްކޮށް، ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަގޮތަށް ދެކެވިފައިވާ ވާހަކަތަކެއް ނޫން ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި އެހެން ބުނެފައި މިވަނީ، މުޒާހަރާއެއްގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް ދެއްކި ވާހަކައާ ގުޅިގެން އެ ޕާޓީއަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވަމުން ދަނިކޮށެވެ.

އެމްޑީޕީން މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި މުޒާހަރާގައި، ރައީސްގެ ދަރިކަލަކަށް ނިސްބަތްކޮށް އެ ވާހަކަތައް ދައްކާފައިވަނީ އެ ޕާޓީގެ އެކްޓިވިސްޓް މަރިޔަމް ޒުބެއިރު (މަންދީ) އެވެ.

HajjCop_ads
MMA_Ads
Advertisement

އެ ވާހަކަތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. އަދި ސިޔާސީ ހަރަކާތްތައް ހިންގުމުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އަމަލުކުރުމަށް އީސީން ވަނީ އިލްތިމާސްކޮށްފައެވެ. އޭގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވެސް ވަނީ އެ ވާހަކަތައް ކުށްވެރިކޮށްފައެވެ.

އެ މައްސަލައިގައި އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ، އީސީ އާއި އެޗްއާރުސީއެމުން ރައީސް މުއިއްޒުގެ މަސްލަހަތު ހިމާޔަތްކުރުމަށް ނެރުނު ސިޔާސީ ބަޔާންތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެއީ ސިޔާސީ ބޭނުމަށް ނެރުނު ހަގީގަތެއް ނެތް ބަޔާންތަކެއްގައި ކުޑަކުއްޖެއްގެ ވާހަކަ ހިމަނައި ކުޑަކުއްޖަކު ފަލީހަތްކުރުން ކަމަށެވެ.

“އެއީ އެއްވެސް ހާލެއްގައި ކުޑަކުއްޖަކަށް ނިސްބަތްކޮށް ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަގޮތަށް ދެކެވިފައިވާ ވާހަކަތަކެއް ނޫނެވެ. އެ މުޒާހަރާގައި މި ޕާޓީގެ މެންބަރު މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކަކީ ކުޑަކުއްޖަކަށް އަމާޒުކޮށް ދެއްކި ވާހަކަތަކެއް ކަމަށް އަމިއްލައަށް ނިންމައި އެޗްއާރުސީއެމް އާއި އީސީން ސިޔާސީ ބަޔާންތަކެއް ނެރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެކެވެ..،” އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

އެމްޑީޕީން ބުނީ އެ ޕާޓީން ކުރިއަށްގެންދާ އެއްވެސް ހަރަކާތެއްގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިނގާފައި ނުވާނެކަމުގެ ޔަގީންކަން އަރުވާ ކަމަށާއި އެފަދަ އެއްވެސް ކަމެއް ކުރިއަށްއޮތް ތަނުގައި ވެސް ނުހިނގާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި ރާއްޖޭގެ މުސްތަގިއްލު ކޮމިޝަންތަކުގައި ތިއްބެވި މެންބަރުންނަކީ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބަދަލުގައި އަމިއްލަ މަގާމު ދިފާއުކުރުމުގެ ވިސްނުމުގައި 24 ގަޑިއިރު ތިއްބަވާ ބޭކާރު ބަޔަކަށް ވެއްޖެ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Sstv FORM FOR EC

ޕީއެންސީއަކީ ރައްޔިތުންގެ އެންމެ ބޮޑު ތާއީދާއި އިތުބާރު ހޯދި ޕާޓީކަމަށް ރައީސް ވިދާޅުވެއްޖެ

mdp

އެމްޑީޕީ ޗެއަރޕާސަން އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށްފި

WhatsApp Image 2026 06 13 at 18.51.49

ދ. މީދޫ ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުވި ޕީއެންސީގެ ސުހާއަށް ރައީސްގެ މަރުޙަބާ

H6txovzbmjojwefnjhdb

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ބޮޑު ތަފާތަކުން ރައީސް ނަޝީދު އިންތިހާބުވެވަޑައިގެންފި